2 months ago
އަންހެނުންގެ ޝޯރޓްކޯސް 100 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް ޢައިން ލަތީފް އައުކޮށްފިއެވެ.
މިރާލް މި ރެކޯޑު އައު ކުރީ ތައިލަންޑުގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯރޓްކޯސް (25މީޓަރ) އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައެވެ. އޭނާގެ ޓައިމިންގ އަކީ 01.14.07 އެވެ.
މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ޙަމްނާ އަޙްމަދެވެ. އެއީ 2021 ވަނަ އަހަރު ބޭއްވުނު 15 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައެވެ. ޙަމްނާގެ ވަގުތަކީ 01.15.82 އެވެ.