އިސްލާމީ މަރުކަޒުގެ މަސް ފެންގަނޑު ސްޓެލްކޯގެ ސީއެސްއާރްގެ ދަށުން މަރާމާތުކޮށްދެނީ

2 weeks ago

އަފްރާހް

އިސްލާމީ މަރުކަޒުގެ މަސް ފެންގަނޑު ސްޓެލްކޯގެ ސީއެސްއާރްގެ ދަށުން މަރާމާތުކޮށްދިނުމުގެ ޝައުގުވެރިކަން ފާޅުކޮށްފިއެވެ.


އެކަން ހާމަކޮށްފައިވަނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ، އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާ ބައްދަލުކުރެއްވުމަށްފަހު، ކުރެއްވި ޕޯސްޓެއްގައެވެ.


'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީ ވިދާޅުވީ އިސްލާމީ މަރުކަޒުގެ ހައިބަތު ފުރިހަމަ ކުރުމަށްޓަކައި މުންނާރުގެ ތިރީގައި އޮންނަ ފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް އެކުންފުނިން ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މަސައްކަތްތަކަށް އެ ކުންފުނިން އެއްބާރުލުން ލިބޭނެ ކަމަށެވެ.


އެމްޑީ އިތުރަށް ވިދާޅުވީ މިއީ އެކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ކުރުމަށް ނިންމިކަމެއް ކަމަށެވެ.


ސްޓެލްކޯ އިން މި މަސައްކަތްކޮށްދިނުމަށް ނިންމާފައިވާއިރު، އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރުމަށް އެ ފެންގަނޑު ހަދައި ދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން މީގެކުރިން ވަނީ އިއުލާނުކޮށްފައެވެ.


އެހެންނަމަވެސް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވުމާއެކު އެ އިއުލާން ވަނީ ބާތިލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު

ާއަހުމަދު

ސްޓެލްކޯފަދަ 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުނިތަކުން "ސީއެސްއާރު" ގެ ދަށުންނޭ ކިޔާފަ ކުރާޚަރަދު ވެސް ވާނީ ހަމަ ސަރުކާރުގެ ޚަރަދަށް. ޙަގީގަތުގައި ސްޓެލްކޯއަކީ ސަރުކާރުގެ ސީއެސްއާރު ޕުރޮޖެކްޓެއް. އެއީ ސަރުކާރުގެ ސޯސިއަލްރެސްޕޮންސިބިލިޓީގެ ދަށުން ކަރަންޓުގެ ޚިދުމަޔް ދޭން އުފައްދާފަ އޮތް ކުގުންޏެއް.

2 weeks ago