ރަސްމީީ ސަނަދެއް ނެތި މަސައްކަތްކުރާ ފަންނުވެރިންނަށް ސަނަދު ހޯދުމަށް ފުރުސަތެއް

1 week ago

އަފްރާހް

ރާއްޖޭގައި އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަންނުރިންގެތެރޭގައި ރަސްމި ސެޓިފިކެޓެއް ނެތި މަސައްކަތްކުރާ ވަރަށް ހުނަރުވެރި ފަރާތްތައް އުޅެއެވެ. މި ފަދަ ފަރާތްތަކަށް ރަސްމީ ސެޓިފިކެޓްއެއް ހޯދުމުގެ ފުރުސަތު ނޭޝަލް ޓްރޭޑް ޓެސްޓިންގ އިން ލިބިގެންދެއެވެ.


ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން އަކީ ކޮބާ؟


ނޭޝަލް ޓްރޭޑް ޓެސްޓިންގ އަކީ ރަސްމީ ނިޒާމެއްގެ ތެރެއިން ސެޓުފިކެޓެއް ނެތި، އެއްބާވަތެއްގެ ފަންނީ މަސައްކަތުގައި ނުވަތަ އެއްވަޒީފާއެއްގައި ދެމިތިބޭ މުވައްޒަފުންގެ ކިބައިގައި ވަޒީފާގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަންނީ ހުނަރު ހުރިތޯބަލައި، މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުސަތު އެމީހުންނަށް ހޯދައިދިނުމުގެ ގޮތުންނާއި، މިފަދަ ފަންނީ މަސައްކަތްކުރާ މީހުންގެ މަސައްކަތް ރަސްމީ ސިފައެއްގައި ބަލައިގަތުމުގެ ގޮތުން މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ދިނުމުގެ ގައުމީ ނިޒާމުގެ ތެރެއިން ދެވޭ އިމްތިހާނެކެވެ.


މި އިމްތިހާނުތައް ދެވޭނީ އެމް. އެން. އެސް.ޑީ.އޭ ގެ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްތައް ހުރި ދާއިރާތަކަށެވެ. ތަމްރީނުދޭ އެހެން މަރުކަޒުތަކުގެ ޕްރޮގްރާމަކަށް ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ކުރިޔަށް ނުގެންދެވޭނެއެވެ.


ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ގެ ބައިވެރިންގެ ޝަރުޠުތައް:


ރަށު ފެންވަރުގައި ބަލައިގަންނަ މިންވަރަށް ފަންނީ ހުނަރުވެރި މަސައްކަތެއް ކުރާތާ މަދުވެގެން 5 އަހަރުދުވަސް ވެފައިވާ ފަރާތަކަށް ވުން ނުވަތަ ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ވަޒީފާއެއްގައި މަދުވެގެން 5 އަހަރުދުވަސް ވެފައިވާ ފަރާތަކަށް ވުން؛ ނުވަތަ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ޒަމާނުއްސުރެ ކޮށްއުޅޭ ދިވެހީންގެ ހާއްސަ މަސައްކަތްތައް ދިރުވައި އާލާކުރުމުގެ ގޮތުން އެ ރޮނގުން އެފަދަ މަސައްކަތް ގައުމީ ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ބަލައިގަންނަ މިންވަރަށް މަސައްކަތް ކުރާތާ 5 އަހަރުދުވަސް ވެފައިވާ ފަރާތަކަށް ވުން.


ދިވެހިންނަށް ވަޒިފާގެ ފުރުސަތުތައް އިތުރުކޮށް ބިދޭސީންނަށް ބަރޯސާވުން ކުޑަވެ، ދިވެހިންގެ ފުދުންތެރިކަން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި އިލްމާއި ހުނަރު ލިބިފައިވާ ޖީލެއް ބިނާކޮށް" އިންވޮލަންޓަރީ އަންއެމްޕްލޯއިމަންޓް" މަދުކުރުމަކީ ވެސް ސަރުކާރުގެ އަމާޒެކެވެ. 


ކިޔުންތެރިންގެ ހިޔާލު