ފުޓުބޯޅަ ކުޅުންތެރިޔާ، ޖޯޖް ބަލްޑޮކް މަރުވެފަ އޮއްވާ ފެނިއްޖެ

1 week ago

ހަންނާން

ގްރީސް ގައުމީ ފުޓުބޯޅަޓީމުގެ ޑިފެންޑަރު ޖޯޖް ބަލްޑޮކް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.


އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ މިމަހުގެ ނުވަނަ ދުވަހު އެތެންސްގެ ގްލައިފާޑާގައި ހުންނަ އޭނާގެ އަމިއްލަ ގޭގެ ހުރި ޕޫލުގެ ތެރެއިންނެވެ. އުމުރުން 31 އަހަރުގެ ޖޯޖް މަރުވިވެފައި އޮއްވާ ފެނިފައިވަނީ އޭނާގެ ޚަބަރެއް ނުވެގެން އާއިލާގެ ބަޔަކު ބެލިބެލުމުގެ ތެރެއިންނެވެ. ބަލްޑޮކް މަރުވި ވަކި ސަބަބެއް އަދި ހާމަކޮށްފައި ނުވާއިރު، އޭނާ މަރުވި ސަބަބު އަދި ދެނެގަނެވިފައި ނުވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.


އޭނާއަކީ ގްރީސްގެ ގައުމީ ފުޓުބޯޅަ ޓީމުގެ ފަހަތުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އައި ކުޅުންތެރިއެކެވެ. އަދި ކުލަބު ފެންވަރުގައި ވަނީ އިނގިރޭސި ޕްރިމިއަރ ލީގުގެ ޝެފީލްޑް ޔުނައިޓެޑުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައެވެ، އެގޮތުން ޝެފީލްޑް ޔުނައިޓެޑަށް އޭނާ ހަތް އަހަރު ކުޅެދީފައި ވެއެވެ.


އޭނާ މަރުވުމާއި ހަމައަށް އޭނާ ކުޅެމުން އައީ ގްރީސްގެ ކުލަބް އެތެންސް އަށެވެ. ޝެފީލްޑް ޔުނައިޓެޑް ދޫކޮށް އޭނާ އެތެންސްއަށް ބަދަލުވީ މިއަހަރުގެ މޭމަހުގެ 29 ވަނަ ދުވަހުގައެވެ.


ބަލްޑޮކް ގްރީސްގެ ގައުމީ ޓީމުން ފުރުސަތު ލިބިގެން ކުޅެން ފެށީ 2022 ވަނަ އަހަރުގައެވެ. އެގޮތުން އޭނާ ވަނީ ގްރީސްގެ ގައުމީ ޓީމަށް 12 މެޗު ކުޅެދީފައެވެ. 


ބަލްޑޮކް އެންމެ ފަހުން އެތެންސްއާއި އެކު މެޗެއް ކުޅެފައިވަނީ މި މަހުގެ ހަވަނަ ދުވަހު އޮލިމްޕިއާކޯސްއާއި ދެކޮޅަށެވެ.


ކިޔުންތެރިންގެ ހިޔާލު