ބްރޯޑްކާސްޓް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރ އަކަށް "އޮއިވަރު"

1 week ago

ސާއި

ބްރޯޑްކާސްޓް ކަޕް 2024 ގެ އޮންލައިން މީޑިއާ ޕާޓްނަރ އަކަށް އޮއިވަރު ހަމަޖައްސައި، އެކަމުގެ ފަހުމުނާމައިގާ ސޮއިކޮށްފިއެވެ.


މިކަން ހަމަޖައްސާފައިވަނީ ބްރޯޑްކާސްޓިންގ ކޮމިޝަންގައި އޮކްޓޯބަރ 10 ވީ ބުރާސްފަތި ދުވަހު ބޭއްވި ކުޑަ ބައްދަލުކުރެއްވުމެއްގައި ރައީސާ މަރިޔަމް ވަޙީދާއާއި އޮއިވަރު މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެޑިޓަރ މުޙައްމަދު އަފްރާޙް ބޭއްވި ބައްދަލުކުރެއްވުމުގައެވެ.


އެހެންކަމުން 'ބްރޯޑްކާސްޓް ކަޕް 2024' ގެ މެޗުތަކުގެ އަދާހަމަ 'އޮއިވަރު' އިން ގެނެސްދޭނެއެވެ.


ކޮންމެ އަހަރެއްގެ ވެސް ބްރޯޑްކާސްޓް ދުވަހާއި ގުޅުވައިގެން ރާއްޖޭގައި ހިންގާ ހުރިހާ ޓީވީ/ރޭޑިއޯ ޗެނަލްތަކަށް ހުޅުވާލައިގެން ބްރޯޑްކާސްޓިންގ ކޮމިޝަނުން ބާއްވާ މި މިބާރާތުގައި މިއަހަރު ވަނީ 8 ޓީމެއް ބައިވެރިވެފައެވެ.


މި މަހުގެ 11 އަދި 12 ގައި ހުޅުމާލޭ ފޭސް2 ގެ ފުޓްސަލް ދަނޑުގައި ބާއްވާ މި މުބާރާތް ކުރިއަށް ގެންދާނީ ބައިވެރިވި ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.


އެގޮތުން ގްރޫޕް އެކެއްގައި ޕީއެސްއެމް ނިއުސް، ވަގުތު ޕްލަސް، އަސްލު ޓީވީ އަދި ބްރޯޑްކޮމް ޓީމު ހިމެނޭއިރު، ގްރޫޕް ދޭއްގައި ހިމެނެނީ ޓީވީއެމް، އެސްއެސް ޓީވީ، ވީޓީވީ އަދި އައިސް ޓީވީއެވެ.


ކޮންމެއަހަރެއްގެ ވެސް އޮކްޓޯބަރ 4 ވަނަ ދުވަސް ބްރޯޑްކާސްޓިންގ ދުވަސް ފާހަގަކުރަމުން އަންނައިރު، މިއަހަރުގެ މުބާރާތުގެ ގުރުއަތުލުން އޮކްޓޯބަރ 8 ވަނަ ދުވަހު ވަނީ ބާއްވާފައެވެ.


މިއަހަރުގެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރ އަކީ އުރީދޫއެވެ.


މިއީ ރާއްޖޭގެ މީޑިއާ ދާއިރާގައި ހަރަކާތްރެރިވާ ބްރޯޑްކާސްޓަރުންނާއި އިތުރަށް ގުޅުން ބަދަހިކޮށް ހަރުދަނާކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ.


ފައިބެއަހަރު ވެސް މި މުބާރާތް ވަނީ ބާއްވާފައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ޔެސް ޓީވީން ހޯދީ އައިސް ޓީވީ ބަލިކުރުމަށްފަހުއެވެ. 


އޮއިވަރު މީޑިއާ އިން މީގެކުރީން ވެސް ވަނީ މުބާރާތެއްގެ އޮންލައިން މީޑިއާ ޕާޓްނަރގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. އެއީ އޭޑީކޭ ސިނަރޖީން އިންތިޒިޒާމުކޮށް، އޭޑީކޭ ގްރޫޕްސް އޮފް ކޮމްޕެނީގެ ފަރާތުން މިއަހަރުގެ ޖޫން މަހު 27 ން 29 އަށް ބޭއްވި ދޮންކަލޭފާނު ކަޕް އެވެ.


ކިޔުންތެރިންގެ ހިޔާލު