2 months ago
ބްރޯޑްކާސްޓިންގ ދުވަސް ފާހަގަކުރުމަށް ބާއްވާ 'ބްރޯޑްކާސްޓް ކަޕް 2024" މާދަމާ ހެނދުނު ފަށާނެއެވެ.
މުބާރާތުގެ ފުތަމަ މެޗުގައި މާދަމާ ހެނދުނު 7 ޖަހާއިރު ބައްދަލުކުރާވީ ވަގުތު ޕްލަސް އާއި ޕީއެސްއެމް ނިއުސް އެވެ. އަދި ދެވަނަ މެޗުގައި 7:40 ގައި ބައްދަލުކުރާނީ އަސްލު ޓީވީ އާއި ބްރޯޑްކޮމް އެވެ.
މީގެއިތުރުން ހެނދުނުގެ ދަންފަޅީގައި ކުޅުމަށް ނިންމާފައިވާ އިތުރު މެޗުތަކަށް ބަލާއިރު، ޓީވީއެމް އާއި އެސްއެސް ޓީވީ ވާދަކުރާ މެޗު 8:20 ގައި ފަށާއިރު، ވީޓީވީ އާއި އައިސް ޓީވީގެ މެޗު ފަށާނީ ހެނދުނު 9 ޖަހާއިރުއެވެ. އަދި ވަގުތު ޕްލަސް އާއި އަސްކު ޓީވީގެ މެޗު ފެށުމަށް ތާވަލުކޮށްފައިވަނީ 9:40 ގައެވެ.
މި މުބާރާތުގައި މާދަމާ ރޭ ވެސް މެޗުތަކެއް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. އެގޮތުން 7:30 ގައި ޕީއެސްއެމް ނިއުސް އާއި ބްރޯޑްކޮމް ވާދަކުރާއިރު، 8:10 ގައި އޮންނާނީ ޓީވީއެމް އާއި ވީޓީވީ އެވެ. އަދި އެސްއެސް ޓީވީ އާއި އައިސް ޓީވީގެ މެޗު ފަށާނީ 8:50 ގައެވެ.
ހަމަމިއާއެކު 9:30 ގައި ވަގުތު ޕްލަސް އާއި ބްރޯޑްކޮމް ވާދަކުރާއިރު، 10:10 ގައި ވާދަކުރާނީ ޕީއެސްއެމް ނިއުސް އާއި އަސްލު ޓީވީއެވެ. އަދި 10:50 ގައި ޓީވީއެމް އާއިި އައިސް ޓީވީ ބައްދަލުކުރާއިރު، 11:30 ގައި ކުޅުމަށް ހަމަޖެހިފައިވަނީ އެސްއެސްޓީވީ އާއި ވީޓީވީ މެޗެވެ.
ޖުމްލަ 8 ޓީމު ވާދަކުރާ މި މުބާރާތް ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެގިނަ ޕޮއިންޓު ހޯދާ ދެޓީމެވެ. ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އެކެއްގެ އެއްވަނަ އާއި ގްރޫޕް ދޭއްގެ ދެވަނަ އެވެ. ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ގްރޫޕު ދޭއްގެ ދެވަނައާއި ގްރޫޕް އެކެއްގެ އެއްވަނައެވެ.
ސެމީ ފައިނަލާއި ފައިނަލް މެޗުގެ ކުޅުން އޮންނާނީ އޮކްޓޯބަރ 12 ވާ ހޮނިހިރު ދުވަހާއި އެރެއެވެ. މުބާރާތް ކުޅެނީ ހުޅުމާލޭ ފޭސް2 ގެ ފުޓްސަލް ދަނޑުގައެވެ.
މިއީ ރާއްޖޭގެ މީޑިއާ ދާއިރާގައި ހަރަކާތްރެރިވާ ބްރޯޑްކާސްޓަރުންނާއި އިތުރަށް ގުޅުން ބަދަހިކޮށް ހަރުދަނާކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ.
މިއަހަރުގެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރއަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އޮންލައިން މީޑިއާ ޕާޓްނަރ އަކީ 'އޮއިވަރު' އެވެ.
ފައިބެއަހަރުގެ ޗެމްޕިއަންކަން ޔެސް ޓީވީން ހޯދީ ފައިނަލުގައި އައިސް ޓީވީގެ މައްޗަށް ކުރި ހޯދައިގެންނެވެ.