2 months ago
ބްރޯޑްކާސްޓް ކަޕް 2024" ގައި ވާދަކުރާ ޓީމުތައް ވަނީ މި މުބާރާތަށްޓަކައި ފުރިިހަމައަށް ތައްޔާވެފައި ކަމަށް އެ ޓީމުތަކުން ހާމަކުރަން ފަށައިފިއެވެ.
އޮކްޓޯބަރ 11 ވާ ހުކުރު ދުވަހު ހެނދުނު ފަށާ މި މުބާރާތުގައި 8 ޓީމު ވާދަކުރާއިރު، މި ހުރިހައި ޓީމުތަކުން ވެސް ދަނީ އެ ޓީމުތައް ވަމުންދާ ބައެއް ތައްޔާރީތައް މީސްމީޑިއާގައި ހިއްސާކުރަމުންނެވެ.
އެގޮތުން ރަހުމަތްތެރިކަމުގެ މެޗުތައް ކުޅުމާއި ޓީމުގެ ޖާރޒީ ހަވާލުކުރުމާއި ޓީމަށް ލަވަ ހަދައި، ވީޑިއޯ ވެސް ދަނީ އާންމުކުރަމުންނެވެ. އަދި ކޯޗުންގެ އިރުޝަދުގެ ދަށުން ފަރުތަކުރުންތައް ވެސް ދަނީ ބާއްވަމުންނެވެ. އަދި ޖާރޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބައެއް ޗެނަލްތަކުން ދައްކާފައި ވެސް ވެއެވެ.
މިއަހަރުގެ ވަކި ޓީމަކަށް ދޫދޭނެ، ޓީމެއް ނެތްކަން ފަރިތަކުރުންތަކުން ހާމަވާއިރު، އެންމެބޮޑު ޗެލެންޖަގާ ކުރިމަތިލާން ޖެހޭނީ އައިސް ޓީވީއެވެ. އެއީ ފައިބެއަހަރުގެ ރަނަރއަޕް ޓީމަށްވާއިރު، ހާއްސަގޮތެއްގައި އެޓީމުގެ އެންމެބޮޑު އަމާޒަކީ ޗެމްޕިއަންކަން ހޯދުމެވެ. އެހެން ޓީމުތަކުން ވެސް ދަނީ ތަށީ އުފުލައިލުމަށް މަސައްކަތް ކުރަމުންނެވެ.
މި މަހުގެ 11 އަދި 12 ގައި ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ.
އެގޮތުން ގްރޫޕް އެކެއްގައި ހިމެނެނީ ޕީއެސްއެމް ނިއުސް، ވަގުތު ޕްލަސް، އަސްލު ޓީވީ އަދި ބްރޯޑްކޮމް ޓީމު ހިމެނޭއިރު، ގްރޫޕް ދޭއްގައި ހިމެނެނީ ޓީވީއެމް، އެސްއެސް ޓީވީ، ވީޓީވީ އަދި އައިސް ޓީވީއެވެ.
މިއީ ރާއްޖޭގެ މީޑިއާ ދާއިރާގައި ހަރަކާތްރެރިވާ ބްރޯޑްކާސްޓަރުންނާއި އިތުރަށް ގުޅުން ބަދަހިކޮށް ހަރުދަނާކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ.
ފައިބެއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ޔެސް ޓީވީއެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ އައިސް ޓީވީ ބަލިކުރުމަށްފަހުއެވެ.