ބްރޯޑްކާސްޓް ކަޕް: ތާވަލުގެ އެންމެކުރީގައި އަސްލު ޓީވީ

1 week ago

އަފްރާހް

ބްރޯޑްކާސްޓިންގ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބާއްވާ 'ބްރޯޑްކާސްޓް ކަޕް 2024" މިއަދު ހެނދުނު ފަށައިފިއެވެ.


ތެތްފިނި ދުވަހެއްގައި، ވެހެމުންދިޔަ ވާރޭގައި ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ޕީއެސްއެމް ނިއުސް އާއި ވަގުތު ޕްލަސް ބައްދަލުކުރި މެޗުގައި 0-1 ގެ ހަނިމޮޅަކުން ކުރިހޯދީ ޕިއެސްއެމް ނިއުސްއެވެ. ދެވަނަ މެޗުގައި އަސްލު ޓީވީ އާއި ބްރޯޑްކޮމް ވާދަކޮށް ތަފާތުބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކުރީ އަސްލު ޓީވީ އެވެ. އެއީ 0-10 އެވެ.


މީގެއިތުރުން ޓީވީއެމް އާއި އެސްއެސް ޓީވީ ގެ މެޗު 0-1 ލަނޑުން ޓީވީއެމް ކާމިޔާބުކުރިއިރު، 0-3 ލަނޑުން އައިސް ޓީވީ ވަނީ ވީޓީވީގެ މައްޗަށް ކުރިހޯދާފައެވެ. އަދި އަސްލު ޓީވީން ވަނީ 3 ލަނޑު ސުންލަނޑުން ވަގުތު ޕްލަސް ބަލިކޮށްފައެވެ.


އެހެންކަމުން ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓާއި ފައިދާ 13 ގޯލާއެކު ތާވަލުގެ އެއްވަނައިގާ މިވަގުތު އޮތީ އަސްލު ޓީވީއެވެ.


މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކަށް ބަލާލާއިރު، 7:30 ގައި ޕީއެސްއެމް ނިއުސް އާއި ބްރޯޑްކޮމް ވާދަކުރާއިރު، 8:10 ގައި ޓީވީއެމް ބައްދަލުކުރާނީ ވީޓީވީ އާއެވެ. އަދި އެސްއެސް ޓީވީ އާއި އައިސް ޓީވީގެ މެޗު ފަށާނީ 8:50 ގައެވެ.


މީގެއިތުރުން 9:30 ގައި ވަގުތު ޕްލަސް އާއި ބްރޯޑްކޮމް ވާދަކުރާއިރު، 10:10 ގައި ވާދަކުރާނީ ޕީއެސްއެމް ނިއުސް އާއި އަސްލު ޓީވީއެވެ. އަދި 10:50 ގައި ޓީވީއެމް އާއިި އައިސް ޓީވީ ބައްދަލުކުރާއިރު، 11:30 ގައި ކުޅުމަށް ހަމަޖެހިފައިވަނީ އެސްއެސްޓީވީ އާއި ވީޓީވީ މެޗެވެ.


މިއަހަރުގެ މުބާރާތުގައި 8 ޓީމު ވާދަކުރާއިރު، މުބާރާތް ކުރިއަށްދަނީ މި ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެގިނަ ޕޮއިންޓު ހޯދާ ދެޓީމެވެ.


ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އެކެއްގެ އެއްވަނަ އާއި ގްރޫޕް ދޭއްގެ ދެވަނަ އެވެ. ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ގްރޫޕު ދޭއްގެ ދެވަނައާއި ގްރޫޕް އެކެއްގެ އެއްވަނައެވެ.


ސެމީ ފައިނަލާއި ފައިނަލް މެޗުގެ ކުޅުން އޮންނާނީ އޮކްޓޯބަރ 12 ވާ ހޮނިހިރު ދުވަހާއި އެރެއެވެ. މުބާރާތް ކުޅެނީ ހުޅުމާލޭ ފޭސް2 ގެ ފުޓްސަލް ދަނޑުގައެވެ.


މިއީ ރާއްޖޭގެ މީޑިއާ ދާއިރާގައި ހަރަކާތްރެރިވާ ބްރޯޑްކާސްޓަރުންނާއި އިތުރަށް ގުޅުން ބަދަހިކޮށް ހަރުދަނާކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ.


މިއަހަރުގެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރއަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އޮންލައިން މީޑިއާ ޕާޓްނަރ އަކީ 'އޮއިވަރު' އެވެ.


ފައިބެއަހަރުގެ ޗެމްޕިއަންކަން ޔެސް ޓީވީން ހޯދީ ފައިނަލުގައި އައިސް ޓީވީގެ މައްޗަށް ކުރި ހޯދައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު