20 ވަނަ އިންޓަރ ސްކޫލު ފެތުމުގެ މުބާރާތް މި މަހު 12 ގަ

1 week ago

އަފްރާހް

ބީއެމްއެލް 20 ވަނަ އިންޓަރ ސްކޫލު ފެތުމުގެ މުބާރާތް މި މަހު 12 ގައި ފެށުމަށް ނިންމައިފިއެވެ.


ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވިދާޅުވީ މި މުބާރާތް އޮންނާނީ މި އޮކްޓޯބަރ މަހުގެ 12 ން 17 އަށް ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގެ ސްވިމިންގ ޕޫލުގައި ކަމަށެވެ.


މި މުބާރާތުގައި 21 ސްކޫލަކުން 473 ފެތުންތެރިން ވާދަކުރާނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ހާމަކުރައްވާފައެވެ.


ރާއްޖެއަކީ އާބާދީ މަދު ގައުމަކަށް ވީނަމަވެސް ރާއްޖޭގެ ފެތުންތެރިން އަންނަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ.


އެގޮތުން އެ ފެތުންތެރިންގެ އަމިއްލަ ރެކޯޑުތަކާއި ގައުމީ ރެކޯޑުތައް ވެސް އަންނަނީ އައުކުރަމުންނެވެ. އަދި ރާއްޖެއިން ބޭރުގައި ބާއްވާ އެކި މުބާރާތްތަކުގައި ބައިވެރިވެ، ރަން ވަނަތަކެއް ވެސް ދަނީ ހޯދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު