2 months ago
މިހާރުކުރިއަށްދާ ބްރޯޑްކާސްޓް ކަޕްގެ ފައިނަލަށް އައިސް ޓީވީ އާއި ޕީއެެސްއެމް ނިއުސް ދަތުރުކޮށްފިއެވެ.
މި ދެޓީމު ފައިނަލަށް ދިޔައީ މިއަދި ހެނދުނު ކުޅުނު ސެމީފައިނަލުގެ ދެމެޗު ކާމިޔާބުކޮށްގެންނެވެ.
ފައިނަލުގެ ފުރަތަމަ ޖާގަ ޕީއެސްއެމް ނިއުސް އިން ހޯދީ ސެމީގެ ފުރަތަމަ މެޗުގައި ވީޓީވީ އާއި ބައްދަލުކޮށް 4 ލަނޑު 1 ލަނޑުން ކުރިހޯދައިގެންނެވެ. އަދި އައިސް ޓީވީ ފައިނަލަށް ދިޔައީ އަސްލުު ޓީވީ އާއި ވާދަކޮށް 5 ލަނޑު ދެ ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.
ފައިނަލު މެޗުގެ ކުޅުން ފަށަނީ މިރޭ 9 ޖަހާއިރުއެވެ. މި މެޗު ނިމުމުން ޗެމްޕިއަން ޓީމަށާއި ރަނަރއަޕް ޓީމަށް އަދި އެކިވަނަތައް ހޯދި ކުޅުންތެރިންނަށް ތައްޓާއި ސެޓްފިކެޓް ދިނުން އޮންނާނެއެވެ.
އޮކްޓޯބަރ 11 ވަނަ ދުވަހު ފެށި 'ބްރޯޑްކާސްޓް ކަޕް 2024" އަކީ ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. ހުޅުމާލޭ ފޭސް2 ގެ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތަކީ ރާއްޖޭގެ މީޑިއާ ދާއިރާގައި ހަރަކާތްރެރިވާ ބްރޯޑްކާސްޓަރުންނާއި އިތުރަށް ގުޅުން ބަދަހިކޮށް ހަރުދަނާކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ.
މިއަހަރުގެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރއަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އޮންލައިން މީޑިއާ ޕާޓްނަރ އަކީ 'އޮއިވަރު' އެވެ.
ފައިބެއަހަރުގެ ޗެމްޕިއަންކަން ޔެސް ޓީވީން ހޯދީ ފައިނަލުގައި އައިސް ޓީވީގެ މައްޗަށް ކުރި ހޯދައިގެންނެވެ.