އެމްޓީސީސީ ސްޕަވައިޒަރުންގެ މަހާސިންތާ ބާއްވައިފި

1 week ago

އަފްރާހް

އެމްޓީސީސީގެ ސުޕަވައިޒަރުންގެ މަހާސިންތާ ކުރިއަށް ބާއްވައިފިއެވެ.


މިއީ އެ ކުންފުނީގެ އުމްރާނީ ތަރައްގީގެ މަސައްކަތު ސައިޓްތަކުގައި ހަރަކާތްތެރިވާ ސްޕަވައިޒަރުންނަށް ހާއްސަކޮށްގެން ދެ ދުވަހަށް ކުރިއަށް ގެންދިޔަ މި މަހާސިންތާއެކެވެ.


އެމްޓީސީސީން ވިދާޅުވީ މިއަހަރުގެ މަހާސިންތާގައި 107 ސައިޓުގެ ސުޕަވައިޒަރުން ބައިވެރިވިކަމަށެވެ.


"ސުޕަވައިޒަރުންގެ މަހާސިންތާ 2024" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެ ކުންފުނީގެއެގްޒެކެޓިވް މެނޭޖްމަންޓް ޓީމުގެ މެންބަރުންނާއި ޑިރެކްޓަރުންގެ ބޯޑުގެ އިސްވެރިންނެވެ.


މިއީ ސުޕަވައިޒަރުންނަށް އަމާޒުކޮށް ހިންގި މިފަދަ ތިންވަނަ މަހާސިންތާއެވެ.


އެމްޓީސީސީން ވިދާޅުވީ މި މަހާސިންތާގައި މަޝްރޫއުތައް ކުރިއަށްގެންދިއުމާ ގުޅޭގޮތުންނާއި ލީޑަރޝިޕް އަދި ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.


މި ސެޝަންތަކުގައި މަޝްރޫއުތައް ހިންގުމާއި ގުޅޭގޮތުން މުހިއްމު މައުލޫމާތުތަކެއް ހިއްސާކޮށްފައިވާކަމަށާއި އެ ކުންފުނިން ހިންގާ މަޝްރޫއުތަކުގެ ކޮލިޓީރަނގަޅު ކުރުމާއި ސަރުކާރުން ބޭނުންވާ އަވަސް މިނުގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވެއެވެ.


މީގެއިތުރުން ހަރަދު މެނޭޖުކުރުމާއި މަޝްރޫއުތައް ނިންމަން އޮންނަ ވަގުތުގެތެރޭ އެފިޝެންޓްކޮށް މަޝްރޫއުތައް ނިންމުމާއި ގުޅޭގޮތުން ބައިވެރިން ހޭލުންތެރިކުރުވާފައިވާ ކަމަށް ވެސް ވިދާޅުވެއެވެ. އަދި ބޭނުންކުރާ މެޝިނަރީ އާއި އުޅަނދުފަހަރު ބަލަހައްޓާ "ޕްރިވެންޓިވް މެއިޓެނެންސް"ގެ އިމުގުތެރެއިން ކުންފުންޏަށް އެންމެ ފައިދާވާގޮތަށް ވަސީލަތްތަކުގެ ބޭނުންކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު