އެމްއެމްސީން ނޫސްވެރިންނަށް ބޭއްވި ތިން މުބާރާތެއް ނިންމާލައިފި

5 months ago

އަފްރާހް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނޫސްވެރިންނަށް ބޭއްވި ތިން މުބާރާތެއް ނިންމާލައިފިއެވެ.


ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ވެސް ގުޅުވައިގެން ބޭއްވި ތިން މުބާރާތަކީ ޕީއެސް، ކެރަމް އަދި ޑިގު މުބާރާތެކެވެ.


މި މުބާރާތްތައް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވި އެމްއެމްސީގެ މީޑިއާ ރިލޭޝަން ޑިވެލޮޕްމެންޓް ކޮމެޓީގެ މުހައްމަދު ސިމާއު (ސިމްބެ) ވިދާޅުވީ މިއީ ވަރަށް ކާމިޔާބު މުބާރާތްތަކެއް ކަމަށެވެ. އަދި ބިޑު ތަރުހީބެއް ވެސް ލިބުނު ކަމަށެވެ.


މީޑިއާގެ މީހުންނަކީ ހަމައެކަނި ޚަބަރު ލިޔެ، ޕްރެސްތަކަށް ގޮސް، ކަވަރޭޖު ހަދާ ބައެއްގެ އިތުރުން ތަފާތު ހުނަރުވެރިންކަން މި މުބާރާތްތަކުން ވެސް ހާމަވިކަމަށް ސިމްބެ ވިދާޅުވިއެވެ.


އޭނާ ވިދާޅުވީ މި މުބާރާތްތައް ބޭއްވުމުގެ މަގްސަދު ވަަރަށް ރަނގަޅަށް ހާސިލުވި ކަމަށާއި އުއްމީދަކީ އެމްއެމްސީގެ ދެން އަންނަދައުރުގައި ވެސް މިފަދަ އިތުރު ހަރަކާތްތައް ބާއްވައި، ނޫސްވެރިންގެ ހުނަރުވެރިކަން ދައްކައިދިނުމަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު