އުރީދޫގެ ހަ މުވައްޒަފަކު ހާވަޑް ޔުނިވަރސިޓީން ތަމްރީނުކޮށްފި

1 week ago

އަފްރާހް

އެމެރިކާގެ ހާވަޑް ޔުނިވަރސިޓީއަށް އުރީދޫގެ ހަ މުވައްޒަފަކު ފޮނުވާ ތަމްރީނުކޮށްފިއެވެ.


އެ ޔުނިވަރސިޓީއާއި ގުޅިގެން، ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމް ކުރިޔަށް ގެންދާކަން އުރީދޫ އިން އިއުލާންކޮށް، 2021 ވަނަ އަހަރު ފެށި މި ޕްރޮގްރާމަކީ އުރީދޫގެ މުވައްޒަފުން ބާރުވެރިކޮށް ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމެކެވެ.


މީގެއިތުރުން މިއީ ދުނިޔޭގެ ފެންވަރުގެ ތަމްރީނާއި ހުނަރާއި ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ވެސް އެ ކުންފުނިން ހާމަކޮށްފައި ވެއެވެ.


މިއީ މިހާތަނަށް މިފަދަ ޔުނިވަރސިޓީއަކުން މުވައްޒަފުންނަށް ރާއްޖޭގައި ތަމްރީނު ފޯރުކޮށްދޭ ފުރަތަމަ ފަހަރުކަމަށްވާއިރު، ކޮންމެ އަހަރަކު ވެސް އުރީދޫގެ ދެ ލީޑަރުން މި އިންޓެންސިވް ޕްރޮގްރާމުން ގްރެޖުއޭޓްވެ، ކުންފުނީގެ ތެރޭގައި އިނޮވޭޝަނާއި ކުރިއެރުމަށް އަގުހުރި އިލްމުތަކެއް ގެނެސްދޭކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.


އުރީދޫ މޯލްޑިވްސްގެ ޗެއަރޕާރސަން އަދި ގްރޫޕް އެޗްއާރް އެންޑް ސަސްޓެއިނަބިލިޓީ އޮފިސަރު ފާތިމާ އަލް ކުވާރީ ވިދާޅުވީ މި އިނީޝިއޭޓިވްގެ ސަބަބުން ހުނަރުވެރިން ތަރުބިއްޔަތު ކުރުމަށާއި މުވައްޒަފުންގެ ކުރިއެރުމަށް އިންވެސްޓްކުރުމަށް ދެމިތިބޭނެ ކަމުގެ ޔަގީންކަން ލިބޭކަމަށެވެ.


މީގެއިތުރުން އެ ކުންފުނީގެ ޓީމުގެ ސްޓާފުން ގްރެޖުއޭޓްވެ، މިހާރު ހާވާޑް ލީޑަރޝިޕް ޕްރޮގްރާމްގައި ކިޔަވަމުން އަންނަ ދަރިވަރުންނާ މެދު ފަހުރުވެރިވާކަމަށް ވެސް ވިދާޅުވިއެވެ.


ހަމަމިއާއެކު މި ޕްރޮގްރާމުގެ ދަށުން ތަމްރީނުވާ މުވައްޒަފުންގެ ވިސްނުންތަކަކީ ހަގީގަތުގައި ވެސް ކުންފުނީގެ މުސްތަޤްބަލް ރަމްޒުކޮށްދޭ، އަމިއްލަ ކުރިއެރުމާއި ލީޑަރޝިޕް ޑިވެލޮޕްމަންޓަށް ދޭ އަހައްމިއްޔަތުކަން ކަށަވަރުކޮށްދޭ ކަމެއްކަމުގައި ވެސް ފާތިމާ ވިދާޅުވިއެވެ.


އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލްހަމާދީ ވިދާޅުވީ ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ލީޑަރޝިޕާއި އުފެއްދުންތެރިކަމުގެ ސަގާފަތެއް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ މުހިންމު ތަނބެއް ކަމަށެވެ. އަދި ދަސްވެނިންނާ މެދު ފަޚުރުވެރިވާކަން ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު