އުރީދޫގެ ބްރޭންޑު އެމްބެސެޑަރުކަން މާޒިޔާ އަށް ފަސްވަނަ ފަހަރަށް

6 months ago

ސާއި

އުރީދޫ މޯލްޑިވްސް އިން، ރާއްޖޭގެ މާޒިޔާ ސްޕޯޓްސް ކްލަބާއެކު ހަދާފައިވާ އެމްބެސެޑަރ ޕާޓްނަރޝިޕް ފަސްވަނަ ފަހަރަށް އައުކޮށްފިއެވެ.


މި ޕާޓްނަރޝިޕްގެ ދަށުން އެ ދެފަރާތްގުޅިގެން ޒުވާނުންގެ ގުޅުން ބަދަހިކޮށް، ހުނަރު ތަރައްގީކުރުމާއެކު ލޯކަލް ފުޓްބޯޅަ އަށް އޮތް އުފަލާއި ފޯރި އާލާކުރުމަށް ހަރަކާތްތައް ހިންގުމަށް ރާވާފައިވާކަަމަށް ވަނީ ބުނެފައެވެ.


1996 ވަނަ އަހަރު އުފެއްދި މާޒިޔާ އިން ވަނީ ފާއިތުވެދިޔަ މާޒީގައި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 2016، 2019 – 2020 އަދި 2020 – 2021 ވަނަ އަހަރު ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަމާއި 2015 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ދަ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހިމެނެއެވެ.


މީގެއިތުރުން 2015 ވަނަ އަހަރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބީ ޒުވާން ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކޮށް ބިނާކުރުމަށް، ތަޖުރިބާކާރު ޓްރެއިނަރުންނާއެކު މާޒިޔާ ސްޕޯޓްސް ފުޓްބޯލް އެކަޑަމީ ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު