ޝެއިހް ހަސީނާ ހައްޔަރުކުރަން ކޯޓު އަމުރެއް

5 days ago

އަފްރާހް

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ހައްޔަރުކުރުމަށް އަމުރެއް އެ ގައުމުގެ ކޯޓުން ނެރެފިއެވެ.


ޚަބަރުތައް ބުނާގޮތުން ޝެއިޚް ހަސީނާ ހައްޔަރުކޮށް އަންނަ ނޮވެމްބަރ މަހު 18 ގައި ކޯޓަށް ހާޟިރުކުރުމަށް ވަނީ އަމުރުކޮށްފައެވެ.


ޝެއިހް ހަސިނާ އެގައުމުގެ ބޮޑުވަޒިރުކަން ދޫކުރައްވާ، އިންޑިއާ އަށް ވަޑައިގެންނެވީ ބަންގްލަދޭޝްގެ ކިޔަވާ ކުދިން އިސްވެ ތިބެ، ގެނައި އިންގިލާބަކަށް ފަހު މިއަހަރުގެ އޮގަސްޓް މަހުއެވެ.


އެގައުމުގައި 15 އަހަރު ބޮޑުވަޒީރުކަން ކުރައްވާފައިވާ އުމުރުން 77 އަހަރުގެ ހަސީނާ ބަންގްލަދޭޝް އިން ފިލައިގެން ދިޔަ ފަހުން މިހައިތަނަށް އާންމު އެއްވެސް ތަނަކުން ފެނިފައެއް ނުވެއެވެ. އެންމެ ފަހުން ރަސްމީކޮށް ފެނުނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ ކައިރީގައި ހުންނަ އަސްކަރީ އެއަރބޭސްއަކުންނެވެ.


ބަންގްލަދޭޝްއިން ޑިޕްލޮމެޓިކް ޕާސްޕޯޓް ބާތިލްކޮށްފައި އޮތް ނަމަވެސް، ގައުމުތަކުގެ މެދުގައިއޮތް ބައިލެޓަރަލް އެކްސްޓްރެޑިޝަން ޓްރީޓީގެ ދަށުން ޖިނާއީ ޝަރީއަތަށް ގައުމަށް އެނބުރި އައުމުގެ ފުރުސަތު ހަސީނާއަށް ލިބިވަޑައިގަންނަވާނެއެވެ.


ހަސީނާއާ ދެކޮޅަށް މުޒާހަރާކުރި ބައިވެރިން މަރާލަން ރާވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ބައެއް މައްސަލަތައް ކޯޓުން ދަނީ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު