ކުވައިތުން އަރަބި ބަސް ކިޔަވަން ބޭނުންވާ އިމާމުންނަށް ފުރުސަތެއް

5 days ago

ރަމީޒު

ރާއްޖޭގެ އިމާމުންނަށް ކުވައިތުން އަރަބި ބަސް ކިޔަވާދޭ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.


ތިން މަސް ދުވަހުގެ ކުރު މި ކޯސްތަްއް ފުރިހަމަކުރުމުގެ ފުރުސަތު ލިބިފައިވާކަން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރެއްވީ މި މަހުގެ 15 ވަނަ ދުވަހު މީސްމީޑިއާގައެވެ. އަދި އެއަށްފަހު އިސްލާމިކް މިނިސްޓްރީން މިހާރުވަނީ އިމާމުންނަށް އެފުރުސަތު ހުޅުވާލާފައެވެ.


އެ މިނިސްޓްރީ ކޮށްފައިވާ ޕޯސްޓްގައި ވަނީ މި ކޯހަކީި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާއި ކުވައިތުގެ އިސްލާމިކް އެފެއާޒް މިނިސްޓްރީ އާގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.


މިގޮތުން މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަ ޖެހިފައިވަނީ އޮންލައިން ކޮމްޕޯނެންޓަކާއި އފޭސް ޓް ފޭސް ކޮމްޕޯނެންޓެއް ހިމެނޭ ގޮތަށް ކަމަށާއި އޮންލައިން ކޮމްޕޯނެންޓަކީ ފުރިހަމަ ކުރުން މަޖްބޫރު ކޮމްޕޯނެންޓެއް ކަމަށް ވަނީ ބުނެފައެވެ. އަދި އޮންލައިން ވަރޗްއަލް ކްލާސްރޫމްތައް މެދުވެރިކޮށް ކުރިއަށް ގެންދާ ކޮމްޕޯނެންޓެއް ކަމަށެވެ.


މި ޕްރޮގްރާމަށް ބައިވެރިން ހޮވުމަށް ހަމަޖެހިފައިވަނީ މިކަމަށް އެދި އެޕްލިކޭޝަން ހުށައަޅާ އިމާމުންނަށް ކުވައިތުގެ ކަމާބެހޭ ފަރާތްތަތަކުން ދޭ ބަސްދީގަތުމެއް މެދުވެރިކޮށް ނޮވެމްބަރު މަހުގެ ތެރޭގައި އޮންލައިންކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.


އެ މިނިސްޓްރީން އިތުރަށް ބުނީ ޕްރޮގްރާމަށް ހޮވޭ ބައިވެރިންގެ އޮންލައިން ކޮމްޕޯނެންޓް ކުރިއަށްދާނީ 9 ފެބްރުއަރީ 2025 އިން ފެށިގެން 6 މާރިޗް 2025 އަށް އަށް ކަމަށެވެ. އަދި ފޭސް ޓް ފޭސް ކޮމްޕޯނެންޓް ފެށޭނީ 2025 ގެ އޭޕްރީލް މަހުގެ 3،4،5 ގައި ކަމަށާއި ކޯސް ނިމޭނީ 2025 ޖޫން މަހުގެ 3، އަދި 4 ގައި ކަމަށެވެ.


މިކޯހަށް ހޮވޭ ބައިވެރިން ކުވައިތަށް ދިޔުމުގެ ވިސާއާއި ޓިކެޓުގެ ކަންތައް އަމިއްލަ ޚަރަދުގައި ކުރުމަށް ހަމަޖެހިފައިވާއިރު، އެކަމަޑޭޝަނާއި ކެއުމާއި އެހެނިހެން ހަރަދުތައް މިނިސްޓްރީން ހަމަޖައްސައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ބައިވެރިއަކަށް ޕޮކެޓް މަނީގެ ގޮތުގައި 40 ކުވައިތު ދީނާރު ދިނުމަށް ހަމަޖެހިފައިވެއެވެ.


މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ އިމާމުން https://t.co/qoPFnh5coi މި ގޫގަލް ފޯމް ފުރިހަމަ ކުރުމަށް އިސްލާމިކް މިނިސްޓްރީ އެދެއެވެ. 


ކިޔުންތެރިންގެ ހިޔާލު