އިންތިޒާރުގެ ނިމުމަށް އިތުރުބޮޅެއް - ދޭދަރު ރުއިން ގެ ދެވަނަ ޕޯސްޓަރު އާންމުކޮށްފި

4 days ago

އަފްރާހް

އައިފިލްމްސް އާއި ކަޒްމިކް އިންޓަރނޭޝަނަލް އިން މިއަހަރު ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ދިވެހި ފިލްމު ދޭދަރު ރުއިން ގެ ދެވަނަ ޕޯސްޓަރު އާންމުކޮށްފިއެވެ.


މި ޕޯސްޓަރުގައި އެ ފިލްމުގެ ލީޑު ރޯލުން ފެންނަ ބައެއް ތަރިން ފެންނައިރު، މިހައިތަނަށް ވަނީ ދެ ޓީޒަރ ވެސް ޔޫޓިއުބްގައި އާންމުކޮށްފައެވެ. އެންމެފަހުން އާންމުކުރި ޓީޒަރ އިން ވެސް ނޭވާ ހިފަހައްޓާލަން ޖެހޭ މަންޒަރުތައް ކުރުގޮތަކަށް ދައްކާފައިވާއިރު، މިފިލްމަށް އިންތިޒާރުކުރާ މީހުންގެ ލިސްޓު އަންނަނީ އިތުރުވަމުންނެވެ.


އެންމެގިނަ ބަޔަކު އިންތިޒާރުކުރާ އެއް ކަމަކީ މި ފިލްމުގައި ހިމެނޭ ނޭޕާލުގެ އެކްޓްރެސް ސުޝްމާގެ ކުޅަދާނަކަން ދެކިލުމަށެވެ.


މި ފިލްމު މިއަހަރުގެ ނޮވެމްބަރ މަހު ސިނަމާކުރުމަށް ތާވަލުކޮށްފައިވާއިރު، މިއީ ޑައިރެކްޝަންގެ ދާއިރާ އަށް އަލަށް ތައާރަފްވާ އައްޒާމު ޑައިރެކްޓް ކުރާ ފިލްމެކެވެ.


އެކްޝަން ތްރިލަރއެއް ކަމުގައިވާ ދޭދަރު ރުއިން ގެ ލީޑުތަރިންގެ ތެރޭގައި ޝަރަފުއްދީން ޢަބްދުﷲ (ޝަރަފް) އާއި ‏މައިހާ އާދަމް ޒާހިރު އާއި ނޭޕާލު ޝުޝްމާ ވެސް ހިމެނެއެވެ.


އައިފިލްމްސް އިން މިހައިތަނަށް ވަނީ މަގްބޫލު ފީޗަރ ފިލްމުތަކެއް ގެނެސްދީފައެވެ. އޭގެތެރޭގައި ބަވަތި، ނީނާ ހިމެނެއެވެ.


އައިފިލްމްސް އާއި ކަޒްމިކް އިންޓަރނޭޝަނަލް އަކީ ދިވެހީންނަށް މަގްބޫލު އުފެއްދުންތަކެއް ގެނެސްދީފައިވާ ދެ ދެފަރާތެވެ.


އެގޮތުން އައިފިލްމްސް އިން މިހައިތަނަށް ވަނީ މަގްބޫލު ފީޗަރ ފިލްމުތަކެއް ގެނެސްދީފައެވެ. އޭގެތެރޭގައި ބަވަތި އަދި ނީނާ ހިމެނެއެވެ.


ކަޒްމިކް އިންޓަރނޭޝަނަލް އިން ނެރުނު ދަރަކަ ސީރީޒަށް ބޮޑު ތަރުހީބެއް ވެސް ވަނީ ލިބިފައެވެ. އަދި ކޮމެޑީ ފިލްމު "ފްރީ ޑެލިވަރީ" އަށް ވެސް ބޮޑު އޯޑިއެންސެއް ލިބިފައިވާއިރު، އެ ފުލްމު ޝްވެކް ސިނަމާގައި ދެއްކުމަށް އަންނަނީ ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު