ސްޓެލްކޯ އިން ހޫނު މޫސުމަށް ތައްޔާރުވަނީ

4 days ago

އަފްރާހް

މާލެ ސަރަހައްދުގެ ކަރަންޓު ވިއުގާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.


އެ ކުންފުނިން ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ މިއީ މާލޭގެ މަތިވަމުންދާ ޑިމާންޑާއި އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ. އަދި ހޫނު މޫސުމަށް ތައްޔާރުވުމަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.


އެގޮތުން މަޖީދީމަގާއި ސޯސަންމަގު ގުޅޭ ކަންމަތީގައި ގާއިމްކޮށްފައިވާ ސަބްސްޓޭޝަނުގެ ކެޕޭސިޓީ އިތުރު ކުރުމަށް އެތަނުގައި ހުރި 630 ކޭވީއޭގެ ޓްރާންސްފޯމަރު އެތަނުން ނަގައި، 1500 ކޭވީއޭގެ ޓްރާންސްފޯމަރެއް ބަހައްޓާފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.


މީގެއިތުރުން ޑިސްޓްރިބިއުޝަން ވިއުގަގެ ކެޕޭސިޓިީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މިއަހަރު ވެސް ކުރުމަށް ނިންމާފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.


މި މަަސައްކަތް ކުރަމުން އަންނައިރު، ދާދި ފަހުން ވަނީ 150 މެގަވޯޓު އިންޖީނުގެއެއް އެޅުމަށް ބޭނުންވާ ދިރާސާތައް ހެދުމަށް ޗައިނާގެ ޓީބީއީއޭ ގުރޫޕާއި ހަވާލުކޮށްފައެވެ. މި މަސައްކަތުގެ ދަށުން 150 މެގަވޮޓުގެ އިންޖީނުގެ އެޅުމަށް ހަދަންޖެހޭ ދިރާސާތައް ހެދުމާއި، ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް އެޅުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު

ޚޮލޯ

ރައްޔިތުން ފެލަން ތައްޔާރުވަނީ

2 days ago