ޗައިނާ އިން މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

3 days ago

އަފްރާހް

ޗައިނާ އިން މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ.


ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުގައި މިއަހަރުގެ މިހައިތަނަށް އެގައުމުން ރާއްޖެ އަށް 233،332 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މިއީ ފައިބެއަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، 45 އިންސައްތައިގެ އިތުރުވުމެކެވެ.


އެހެންކަމުން ޗައިނާ މާކެޓުގެ ހިއްސާއަކީ 14.8 އިންސައްތައެވެ.


ދެވަނަ އަށް އެންމެގިނައިން ރާއްޖެ އަންނަނީ ރަޝިއާއެވެ. އެގައުމުން މިއަހަރުގެ މިހާތަނަށް 172،142 ފަތުރުވެރިން އައިސްފައިވެއެވެ.


ޓޫރިޒަމް މިިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުގައި މިމަހުގެ މިހާތަނަށް ވެސް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު ފައިބެއަހަރުގެ އޮކްޓޫބަރުމަހާ އަޅާ ބަލާއިރުވަނީ 7.6 އިންސަައްތަ އިތުރުވެފައެވެ. އެގޮތުން މިމަހު 81،964 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 76،172 ފަތުރުވެރިންނެވެ.


ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،123 ފަތުރުވެރިން އާދެއެވެ. 


ކިޔުންތެރިންގެ ހިޔާލު