މިނިސްޓަރ މާރިޔާ ކްރިއޭޓިވިޓީ އިން އެޑިޔުކޭޝަން ސަމިޓުގައި ބައިވެރިވެވަޑައިގެންފި

3 days ago

އަފްރާހް

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ 6 ވަނަ 'ކްރިއޭޓިވިޓީ އިން އެޑިޔުކޭޝަން' ސަމިޓްގައި ބައިވެރިވަޑައިގަންނަވައިފިއެވެ.


މިއީ ޔުނެސްކޯ އަދި ގްލޯބަލް ކްރިއޭޓިވް ތިންކިންގ އިންސްޓިޓިއުޓްގެ ފަރާތުން އިންތިޒާމްކޮށްގެް ބޭއްވި ސަމިޓެކެވެ.


މި އޮކްޓޯބަރ މަހުގެ 17 އަދި 18 ވަނަ ދުވަހު، ފްރާންސްގެ ޕެރިސްގައި ކުރިއަށް ދިޔަ މި ސަމިޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަޖުރިބާކާރު އިލްމީ ބޭފުޅުންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އިސްބޭފުޅުންގެ މެދުގައި، ތައުލީމީ ދާއިރާގައި އުފެއްދުންތެރިކަން އިތުރުކުރުމާއި ގުޅިގެން މަޝްވަރާކޮށް، މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ސަމިޓެކެވެ.


މި ސަމިޓްގައި ޑރ. މަރްޔަމް މާރިޔާ ވަނީ ގްލޯބަލް ކްރިއޭޓިވް ތިންކިންގ އިންސްޓިޓިއުޓްގެ ފްރޭންކް ލޯ، ޗެއަރ އޮފް ޔުނެސްކޯ-އައިއައިޓީއީ ގަވަނިންގ ބޯޑް، ޕްރޮފެސަރ އާޝާ ކަންވަރް އަދި ޑައިރެކްޓަރ އޮފް ޔުނެސްކޯ-އައިއައިޓީއީ، ޓައޯ ޒަންއާއި ބައްދަލުކުރައްވާފައެވެ.


މީގެއިތުރުން ސީޝެލްސްގެ އެޑިޔުކޭޝަން މިނިސްޓްރ، ހިޒް އެކްސެލެންސީ، ޖަސްޓިން ވެލެންޓިން އާ ވެސް ބައްދަލުކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު