ނަޑެއްލާގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 2 މީހަކު އިތުރުފަރުވާ އަށް މާލެ ގެނެސްފި

2 days ago

އަފްރާހް

ގދ. ނަޑެއްލާގައި ނުރައްކާތެރި އެކްސިޑެންޓެއއް ހިނގައިފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި އެކްސިޑެންޓު ހިނގީ އެރަށު ޖެޓީ މަގުން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ، އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ޕިކަޕެއް ކައިރީގައި ހުރި މީހެއްގެ ގައިގައި ޖެހިފައި ކަމަށެވެ.


އޮކްޓޯބަރ 19 ވަނަ ދުވަހުގެ ދަންވަރު 12 ޖަހާކަންހާއިރު ހިނގި މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 18 އަހަރުގެ މީހާއަށާއި ފަހަތުގައި އިން 18 އަހަރުގެ މީހާ އަދި ޕިކަޕު ކައިރީގައި މަޑުކޮށްގެން ހުރި 47 އަހަރުގެ މީހާ އަށް އަނިޔާވެގެން ތިން މީހުންނަށް ފަރުވާ ދިނުމަށް ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.


ފުލުހުން އިތުރަށް ވިދާޅުވީ އަނިޔާވި މީހުންގެ ތެރެއިން ސައިކަލު ދުއްވަން އިން މީހާ އާއި ޕިކަޕު ކައިރީގައި ހުރި މީހާ އަށް އިތުރުފަރުވާ ދިނުމަށް މިއަދު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި އެމީހުންނަށް ފަރުވާދެނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށް ވެސް ވިދާޅުވިއެވެ.


ސައިކަލު ދުއްވީ އއެއްގަމު އުޅނަދު ދުއްވުމުގެ ލައިސަންސެއް ނެތް މީހެއް ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު