އަންނަ މަހުގެ 10 ސަރުކާރު ބަންދު

2 days ago

އަފްރާހް

މިއަހަރުގެ ނޮވެންބަރު 10 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.


އެމަނިކުފާނު މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވާކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.


މިއީ ޖުމްހޫރީ ދުވަސް ކަމުގައިވާ ނޮވެންބަރު މަހުގެ 11ވަނަ ދުވަހަކީ ގައުމީ ބަންދު ދުވަހެއް ކަމަށްވުމާއެކު، މި އަހަރު ކަލަންޑަރުގައިވާގޮތުން، ޖުމްހޫރީ ދުވަހުގެ ކުރިއަށް އޮތް ދުވަސް ކަމުގައިވާ ނޮވެންބަރު 10 ވާ އާދީއްތަ ދުވަހަކީ ރަސްމީ ދުވަހަކަށް ވާތީ، ރައީސް ނިންމެވި ނިންމެވުމެކެވެ.


މީގެއިތުރުން ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަކީ ވެސް މި ދުވަސް ސަރުކާރު ބަންދު ކުރެއްވުމުގެ ބޭނުމެއް ކަމުގައި ރައީސް އޮފީހުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު