ތިން މިިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި

2 days ago

އަފްރާހް

ވައިގެ މަގުން ރާއްޖެއައި ދިވެހި ފަސިންޖަރެއްގެ ލަގެޖުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.


ކަސްޓަމްސް އިން ވިދާޅުވީ މިތަކެތި އަތުލައިގަނެފައިވަނީ އޮކްޓޯބަރު 19 ވަނަ ދުވަހު، ބެންކޮކުން ރާއްޖެއައި ދިވެހި ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އަދި އެއީ އުމުުރުން 33 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ވިދާޅުވިއެވެ.


މި ފަސިންޖަރުގެ ލަގެޖުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone) އަށް ޕޮޒިޓިވް ވެފައިވާ ކަަމަށް އެ އިދާރާ އިން ވިދާޅުވެއެވެ.


ކަސްޓަމްސް އިން އިތުރަށް ވިދާޅުވީ މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1.86 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 3,348,000.00 (ތިން މިލިއަން ތިންލައްކަ ސާޅީސް އަށްހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށެވެ.


މި މައްސަލަ އިތުރަށް ތަހްގީގު ކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ފަސިންޖަރު ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު