އިންޑޮނޭޝިއާގެ އައު ރައީސް އަށް ރާއްޖޭގެ ރައީސް މަރުހަބާ ވިދާޅުވެއްޖެ

2 days ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިންޑޮނޭޝިއާގެ އައު ރައީސް ޕްރަބޯވޯ ސުބިއަންތޯއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.


ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ރައީސް ސުބިއަންތޯގެ ކުރިއަށް އޮތް ދައުރުގައި ތަރައްގީގެ އައު ހަރުފަތްތަކެއް ގިރާކުރެވި ސުލްހަ މަސަލަސްކަން ގާއިމުކޮށް ދެމެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ވަނީ ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.


މީގެއިތުރުން ރާއްޖެއާއި އިންޑޮނޭޝިއާއާ ދެމެދު އޮތް ރަހްމަތްތެރިކަމުގެ ގުޅުން ދެމެހެއްޓުމަށް އިންޑޮނޭޝިއާ ސަރުކާރާއެކު މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާ ކަމަށް ވެސް އެެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.


ރައީސްގެ ސިޓީފުޅު ނިންމަވާލައްވާފައިވަނީ ރައީސް ސުބިއަންތޯއަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، އިންޑޮނޭޝިއާގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު