އެހީތެރިކަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން އަވަސްކުރޭ: ޑރ. ޝަހީމް

2 days ago

އަފްރާހް

މެދުއިރުމައްޗަށް ސުލް ގެނައުމަކީ އެތައް ބައެއްގެ ފުރާނަ ސަލާމަތްވުމުގެ އުއްމީދު ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.


މިނިސްޓަރ ވިދާޅުވީ އެކަމަށްޓަކައި ބައިނަލްއަގްވާމީ މުޖުތަމައުން މަސައްކަތް ކުރަން ޖެހޭކަމަށެވެ.


މީގެއިތުރުން އިސްތިއުމާރީ ބާރުތަކުން ފަލަޞްޠީނު މިނިވަންކޮށް ދައުލަތް ގާއިމުކުރުމަށް އެގައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން، އިސްލާމީ އަހްލާގީ ހުދޫދުގެ ތެރޭގައި ތިބެ، އަޑު އުފުލައި ވަކާލާތުކުރުމާއި ފަލަޞްޠީނުގެ ރައްޔިތުންނަށް އިންސާނީ ގޮތުން އެހީތެރިވުމާއި ހެޔޮ ދުއާކުރުމަކީ މުސްލިމުން ކުރަންޖެހޭނެ ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.


މިނިސްޓަރު ވަނީ ފަލަސްޠީނާއި ލުބްނާނުގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓުވައި، އިންސާނީ އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަވަސް ކުރެއްވުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު