އޮޑިޓް އޮފީހަށް 114 މިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްފި

2 days ago

އަފްރާހް

އޮޑިޓް އޮފީހަށް 114 މިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްފިއެވެ.


ގާނޫނުގައިވާގޮތުން ކުރިއަށް އޮތް އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ހުށަހެޅުމުގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ފާސްކުރަންޖެހޭއިރު، މި ބަޖެޓް ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.


އޮޑިޓް އޮފީހުގެ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި އެއޮފީހުން އަންނަ އަހަރަށް ހުށަހެޅީ ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 80.4 މިލިޔަން ރުފިޔާ އާއި ހުޅުމާލޭގައި ހަދާ އެ އޮފީހުގެ އައު އިމާރާތުގެ މަސައްކަތަށް 19 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.


މި ބަޖެޓް ހެދުމަށް އޮޑިޓް އޮފީހުން ވަނީ މާލީ ވުޒާރާގެ ލަފާ ވެސް ހޯދާފައެވެ. އަދި މުސާރަ ބޮޑުކުރުމަށް ހިމަނާފައިވާ ބަޖެޓު މަދުކުރުމަށް ލަފާ ދީފައިވީނަމަވެސް މާލިއްޔަތު ކޮމިޓީން ނިންމާފައިވަނީ އެ ބަޖެޓު ކުޑަނުކުރުމަށެވެ.


މާލިއްޔަތު ކޮމިޓީގައި މެންބަރުން ވަނީ އޮޑިޓް އޮފީހުން ހުޅުމާލޭގައި އަޅާ އައު އިމާރާތަށް 19 މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި ނަމަވެސް މަޖިލީހުން މާލީ ވުޒާރާގެ ލަފަޔަށް ހުށަހެޅުމުން އެ އަދަދު 34 މިލިޔަން ރުފިޔާއަށް ހެދުމަށް ލަފާ ދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ.


އެހެންކަމުން 114 މިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކުރުމަށް ކޮމިޓީން ނިންމެވީ އެ އަދަދު ހިމަނައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު