ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

1 day ago

އަފްރާހް

ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ގެނބިގެން މަރުވީ ވ. އަތޮޅުގެ ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ކަމަށެވެ. އަދި އެއީ ބެލަރޫސް އަށް ނިސްބަތްވާ އުމުރުން 63 އަހަރުގެ އަންހެނެކެވެ.


މީގެއިތުރުން ވ. އަތޮޅުގެ ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބުނުކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 11:30 ހާއިރު ކަމަށެވެ.


ފުލުހުން އިތުރަށް ވިދާޅުވީ އެމީހާ ފެލިދޫ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް، އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު