އެމްޕީއެލް އިން ހައްޖަށް ފޮނުވާ މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްފި

5 months ago

އަފްރާހް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހައްޖަށް ފޮނުވާ މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްފިއެވެ.


އެ ކުންފުނީގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަށް ޙައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ މި ހިނގާ މޭ މަހުގެ 12 ވަނަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.


އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މިއަހަރު އެ ކުންފުނީގެ ހަރަދުގައި ޙައްޖަށް ދިއުމުގެ ފުރުސަތު ލިބުނު ފަސް މުވައްޒަފުންނާ ލިޔުން ހަވާލުކޮށްދެއްވީ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް އެވެ.


ހައްޖު ދަތުރު ލިބުނު މުވައްޒަފުންނާ ވާހަކަދައްކަވަމުން ސީ،އީ،އޯ ވަޖީހް ވަނީ ހުރިހާ މުވައްޒަފުންނަށް ވެސް މަރުޙަބާ ދަންނަވައި، މަބްރޫރު ޙައްޖަކަށް އެދިވަޑައިގެންފައެވެ.


މި އަހަރު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ އެސިސްޓަންޓް އެގްޒެކެޓިވް އިލްޔާސް މުޙައްމަދު އާއި ސްޕެޝަލިސްޓް އިންޖިނިއަރ އަޙްމަދު ރަޝާދު އާއި ސަރވިސް އިންޖިނިއަރ އަޙްމަދު އުންމީދު އާއި އޮޕްރޭޝަން އެގްޒެކެޓިވް މުޙައްމަދު ނަބީލް އަދި ލީޑް އެގްޒެކެޓިވް ޒަކަރިއްޔާ އިބްރާހިމް އެވެ.


އެ ކުންފުނީގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކު ވެސް ފަސް މުވައްޒަފުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ކުންފުނީގެ ހަރަދުގައި ފޮނުވައެވެ. އަދި ތިން މުވައްޒަފުން ޢުމްރާގެ އަޅުކަމަށް ކުންފުނީގެ ހަރަދުގައި ފޮނުވައެވެ. 


ކިޔުންތެރިންގެ ހިޔާލު