އުރީދޫ ސައިކަލް ޕްރޮމޯޝަންގައި 8 ފަރާތަކަށް ސައިކަލު ހަވާލުކޮށްފި

3 hours ago

ސާއި

އުރީދޫ އިން ކުރިއަށްގެންދާ ކޮންމެ 3 ދުވަހަކުން ސައިކަލު ލިބޭ ޕްރޮމޯޝަނުގައި މިހައިތަނަށް 8 ނަސީބުވެރިން ހޮވައިފިއެވެ.


23 ސެޕްޓެމްބަރ ގައި ފެށި މި ޕްރޮމޯޝަން މިއަހަރުގެ ޑިސެމްބަރ 31 ގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ. މި ޕްރޮމޯޝަނުގައި ޖުމުލަ 30 ސައިކަލު ދިނުމަށް ނިންމާފައިވާއިރު، 22 ސައިކަލުގެ ނަސީބުވެރިން އަދިއިތުރަށް ހޮވާނެއެވެ.


މިއީ އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް ކޮންމެ ތިން ދުވަހަކުން އަގުހުރި އައު ސައިކަލެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެކެވެ.


އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ 60 އިންސައްތަ ކަވަރުކުރާ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކެވެ.


މި ޕްރޮމޯޝަންގައި ލިބޭ ސައިކަލުތަކުގެ ތެރޭގައި އެއަރ ބްލޭޑް 125 - ސްޓޭންޑަރޑް އެޑިޝަން (ރަތް ކުލަ)، އެއަރ ބްލޭޑް 160، ސްޓޭންޑަރޑް އެޑިޝަން (ރަތް ކުލަ) އަދި ޕީސީއެކްސް160 (ކަޅު ކުލަ) ހިމެނެއެވެ.


މީގެއިތުރުން މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުން ނަސީބުވެރި ފަރާތަކަށް 2024 ވަނަ އަހަރުގެ ރެބެލް 300 (ކަޅު) ސައިކަލެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.


މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އުރީދޫ ކަސްޓަމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާ އަށްވުރެ މަތިން ބިލް ދައްކާ، ރީޗަރޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުން ބައިވެރިވެވޭނެއެވެ. އަދި އެ ކުންފުންޏާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗަރޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރަން ޖެހެއެވެ. އަދި އުރީދޫގެ އެކްޓިވް ކަސްޓަމަރަކަށްވާން ޖެހެއެވެ.


މިއީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. 


ކިޔުންތެރިންގެ ހިޔާލު