ދަރަވަންދޫ އެއަރޕޯޓުގެ ހާލަތު ބެލުމަށް މިނިސްޓްރީގެ ޓީމެއް

3 hours ago

އަފްރާހް

ޓްރާންސްޕޯޓު މިނިސްޓްރީގެ އިސް އޮފިޝަލުން ބ. ދަރަވަންދަވަންދޫ އެއަރޕޯޓަށް ޒިޔާރަތްކުރައްވައި، އެއަރޕޯޓުގެ ޙާލަތު ބައްލަވާލައްވައިފިއެވެ.


މިއީ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ) އިނީޝިއޭޓިވްގެ ދަށުން ކުރެވުނު ދަތުރެކެވެ. މި އިނީޝިއޭޓިވްގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެއަރޕޯޓުތައް ތަރައްގީކޮށް، ހިންގައި އަދި ބެލެހެއްޓުމަށް އެކި ފަރާތްތައް އެއްކޮށް މަސައްކަތްކުރުމެވެ.


މިނިސްޓްރީގެ އިސް އޮފިޝަލުން މި ދަތުރުގައި އެއަރޕޯޓުގެ އެކި ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި، އެއަރޕޯޓުގެ ވަސީލަތްތަކާއި ޚިދުމަތްތަކުގެ ފެންވަރު ބައްލަވާލެއްވިއެވެ. އަދި އެއަރޕޯޓު ތަރައްޤީކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން އެއަރޕޯޓުގެ އިސްވެރިންނާ މަޝްވަރާކުރެއްވިއެވެ. 


ކިޔުންތެރިންގެ ހިޔާލު