1 month ago
އުރީދޫ މޯލްޑިވްސްގެ އަގުހުރި ވިޔަފާރީގެ ބައިވެރިންގެ އަގު ވަޒަންކޮށް ފާހަގަކުރުމުގެ ގޮތުން ބިޒްނަސް ޕާޓްނަރ އެވޯޑާއި ގާލާ ނައިޓެއް ބާއްވައިފިއެވެ.
އުރީދޫ ހެޑްކުއާޓާސްގައި ބޭއްވި މި ހާއްސަ ހަފުލާގައި އެކި ކެޓަގަރީތަކުގެ ޕާޓްނަރުންގެ އަގު ވަޒަންކޮށް، އިނޮވޭޝަނާއި ކަސްޓަމަރުންގެ ހިތްހަމަޖެހުމާއި ވިޔަފާރީގެ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރަމުންދާ ޕާޓްނަރުން ވަނީ ފާހަގަކޮށްފައެވެ.
މި ހަފްލާ ފެށުނީ ލޯންގ ސަރވިސް ޕާޓްނަރުން، ނުވަތަ އުރީދޫއާއެކު އެންމެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ އުރީދޫގެ ބިޒްނަސް ޕާޓްނަރުންނަށް ހަނދާނީ ލިޔުން ހަވާލު ކުރަމުންނެވެ. މި ޕާޓްނަރުންގެ އިހްލާސްތެރިކަމާއި އަމާނާތްތެރިކަމުގެ ސަބަބުން އުރީދޫގެ ކާމިޔާބީއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ހިދުމަތްދިނުމަށް މަގުފަހިވެގެން ދިޔައެވެ.
މީގެއިތުރުން ކްލަބް ޕްރިމިއާގެ ޓޮޕް ޕާޓްނަރުންނާއި ޓޫރިސްޓް ޕާޓްނަރުން ފަދަ ގިނަ ގޮތްގޮތުން އުރީދޫއާއެކު މަސައްކަތްކޮށްފައިވާ ޕާޓްނަރުންގެ އަގު އުރީދޫން ވަނީ ފާހަގަކޮށްފައެވެ.
ގާލާ ނައިޓުގެ އެންމެ މަތީ ފަންތީގެ، ބެސްޓް ބިޒްނަސް ޕާޓްނަރުގެ އެވޯޑް ދީފައިވަނީ ސޭލްސް އެންޑް ސަރވިސް އިން ފެށިގެން އިނޮވޭޝަން އަދި ކަސްޓަމަރުންގެ ތަޖުރިބާއާ ހަމައަށް ހުރިހާ ދާއިރާއަކުން ވެސް އެންމެ ފާހަގަކޮށްލެވޭ ޕާޓްނަރަށެވެ.
މި ޕާޓްނަރަކީ އުރީދޫގެ އަސާސްތަކާއި މިޝަންގެ ނަމޫނާ ދައްކައި، އެއްބަޔަކު އަނެއް ބަޔަކަށް ކާމިޔާބީ ހޯދައިދިނުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ޕާޓްނަރެކެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީ ވަނީ ހުރިހާ ޕާޓްނަރުން ގުޅިގެން ކުރާ މަސައްކަތަށް ތައުރީފު ކުރައްވާފައެވެ. އަދި މިފާހަގަކުރަނީ ހަމައެކަނި ޕާޓްނަރުން ހޯދި ކާމިޔާބީތަކުގެ އިތުރުން، ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދޭ އެއްބާރުލުމާއި ހިއްސާވާ ވިސްނުމުގެ ރޫހު ކަމަށް ވަނީ ވިދާޅުވެފައެވެ.
"ތިޔަބޭފުޅުންގެ ވަޢުދުގެ ސަބަބުން، ދުނިޔޭގެ ފެންވަރުގެ ޚިދްމަތްތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދީ، އިނޮވޭޓްކޮށް، ކުރިއެރުމަށް މަގުފަހިވެގެންދާނެ." ސީއީއޯ ވިދާޅުވިއެވެ.
މުނިފޫހިފިލުވުމާއި ނެޓްވޯކިންގ އާއެކު ގާލާ ނައިޓް ނިމިގެން ދިޔައީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެމެހެއްޓެނިވި ކާމިޔާބީއާއި ވަރުގަދަ ޕާޓްނާޝިޕްތަކަށް މަގު ފަހިކޮށްދީގެންނެވެ. އުރީދޫއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިނޮވޭޝަން އަދި ސަރވިސް އެކްސެލެންސްގެ ރޮނގުތައް ހަރުދަނާކުރުމަށް ޕާޓްނަރުންނާ ގުޅިގެން މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ.
ދުންމާ
އަހަރެން ނަގާފަ ބޭނުން ކުރަމުން އައި ލައިން ނެއް ކަޑާލާފަ ޑިޕޮސިޓު ވާހަކަ ބޫނީމަ ބުނީ ބިލު ދައްކާލީމަ ޑިޕޮސިޓު 250 ރ އަބުރާ ދޭނަމޭ ބުނެގެން ބިލު ދެއްކީމަ ބުނީ 45 ދުވަސްފަހުން ޑިޕޮސިޓު ޖަމާ ކޮށްދޭނަމޭ 45 ދުވަސް ވެގެން ޖަމާ ނުކޮށްގެން ގުޅީމަ ބުނީ އެފައިސާ ދޭގޮތަކަށް ނޫނޭ އޮންނަނީކީ އަދި އަދަށްވެސް އެ ފައިސާ ނުދޭ
1 month ago