ޑިންގީއެއް ބަންޑުންޖަހައިލާ ކަނޑުވި ބަޔަކު ސަލާމަތްކޮށްފި

2 hours ago

އަފްރާހް

ޑިންގީއެއް ބަންޑުންޖަހައިލާ ކަނޑުވި ބަޔަކު ސަލާމަތްކޮށްފިއެވެ.


އެމްއެންޑިއެފް އިން ވިދާޅުވީ މިއީ ތިން މީހުންނާ އެކު ފަރުމަސްވެރިކަން ކުރަމުންދިޔަ ޑިންގީއެއް ކަމަށެވެ. އަދި އެ ޑިންގީ ބަންޑުން ޖަހާލިކަމުގެ މައުލޫމާތު، މިއަދު ހެނދުނު 06:11 ހާއިރު ލިބިފައިވާ ކަމަށެވެ.


އެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ހަކުރާ" އިން ކުރި މަސައްކަތުން ޑިންގީ ފެނިފައިވަނީ މާހަލާ ދިމާ، ދެކުނުން މަގުބެއްދިއާ ދިމާލުން މިއަދު ހެނދުނު 09:32 ހާއިރު ކަމަށް ވިދާޅުވިއެވެ.


މި ޑިންގީން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެ އިދާރާ އިން މައުލޫމާތު ދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު