ވިޒިޓް ދަރަވަންދޫ – އިޔަރ 2025 ރަސްމީކޮށް އިފްތިތާހުކޮށްފި

1 month ago

އަފްރާހް

ވިޒިޓް ދަރަވަންދޫ – އިޔަރ 2025 ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.


އޮކްޓޯބަރ 24 ވަނަ ދުވަހުގެ ރޭ ދަރަވަންދޫ ބީޗް ސަރަހައްދުގައި ބޭއްވި މި ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ މެންބަރު އަޙްމަދު ޝިރުހާނެވެ.


މި ހަރަކާތުގެ ލަވައާއި ލޯގޯ ވެސް މި ރަސްމިިއްޔާތުގައި ވަނީ ތައާރަފުކޮށްފައެވެ.


ދަރަވަންދޫ ކައުންސިލުގެ ރައީސް އަލީ ސަމީހު، މިރަސްމިއްޔާތުގައި ވިދާޅުވީ މިއީ ކުރިއަށް އޮތް ފަސް އަހަރަށް ދިގުދެމިގެންދާނެ ހާއްސަ ޕްލޭނެއްގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ފެށުން ކަމަށެވެ. އަދި އެއީ އެރަށުގެ މުސްތަގްބަލް ބައްޓަންކުރާނެ ފަސް އަހަރުގެ މަޝްރޫއެއްކަން ވެސް ފާހަގަކުރެއްވިއެވެ.


އެރަށުގައި މިހާރުވެސް 14 ގެސްޓްހައުސްއާއި ތިން ޑައިވް ސެންޓަރު ހުންނައިރު، ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯޓަކީ ރާއްޖޭގެ އެންމެ ހަލަބޮލި އެއަރޕޯޓުތަކުގެ ތެރޭގައި ހިމެނޭ އެއަރޕޯޓެކެވެ.


މީގެއިތުރުން ހަނިފަރުބޭ، ދަރަވަންދޫ ކަންމަތި، އަދި ދަރަވަންދޫ ތިލައަކީ ޒިޔާރަތްކުރާ ފަތުރުވެރިންގެ ޝައުޤުވެރިކަން ބޮޑު ސަރަހައްދުތަކެކެވެ.


“ވިޒިޓް ދަރަވަންދޫ 2025” އަކީ އަތޮޅެއްގެ ރަށެއް މި ފެންވަރުގައި ޕްރޮމޯޓްކުރުމަށް ކުރެވޭ ފުރަތަމަ މަސައްކަތެވެ.


ކިޔުންތެރިންގެ ހިޔާލު