އައްޑޫ ސިޓީގައި ޓޫރިޒަމް ސިމްޕޯޒިމްއެއް ބާއްވަނީ

1 month ago

އަފްރާހް

އައްޑޫ ސިޓީގައި ޓޫރިޒަމް ސިމްޕޯޒިމްއެއް ބާއްވަން ނިންމާފައިވާކަަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އެ ސިޓީއަށް ހާއްސަ ބްރޭންޑާއި ވެބްސައިޓް ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.


މިނިސްޓަރ ވިދާޅުވީ މިއީ އެ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް ބާއްވާ ސިމްޕޯޒިއަމެއް ކަަމަށެވެ. އަދި މަސައްކަތްކުރައްވަމުން ދަނީ އަންނަ އަހަރުގެ ފުރަތަމަ ކްއާޓަރ ނުވަތަ ދެވަނަ ކުއާޓަރ ގައި ބޭއްވުމަސް ކަމަށެވެ.


އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ކަމަށާއި އެ ސިމްޕޯޒިމްގައި ޗައިނާއާއި އިންޑިއާގެ ޓުއަރ އޮޕަރޭޓަރުން ބައިވެރުވާނެ ކަމަށް ވެސް ވިދާލުވިއެވެ.


މީގެއިތުރުން ބައެއް އެއަރލައިންތަކާއި ބުކިންގޑޮޓްކޮމް، އަގޯޑާ ފަދަ އޭޖެންސީތަކުން ވެސް ބައިވެރިވާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.


އެ ސިމްޕޯޒިއަމްގައި ފުވައްމުލައް ސިޓީ އާއި ގއ. އަދި ގދ. އަތޮޅުގެ ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތައް ވެސް ބައިވެރިކުރުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.


"ހުރިހާ ފަރާތްތަކުން އެއްކޮށް މަސައްކަތް ކޮށްގެން ނޫނީ މި ސިނާއަތް ކުރިއެރުވެން ނެތް. މުސްތަގުބަލުގައި އެހެން އަތޮޅުތަކުގައި ވެސް މިފަދަ ސިމްޕޯޒިއަމްތައް ބާއްވާނަން." އެމަނިކުފާނު ވިދާޅުވިއެވެ.


މިނިސްޓަރު ވަނީ އަންނަ 2025 ވަނަ އަހަރަކީ ރާއްޖެ ޕްރޮމޯޓް ކުރުމަށް އެންމެ ވަރުގަދަ މަސައްކަތްތައް ކުރެވޭ އަހަރަށްވާނެ ކަަމަށް ވެސް ވިދާޅުވެފައެވެ.


ޓޫރިޒަމް މިނިސްޓްރީން ވަނީ ދެކުނުގެ ފަތުރުވެރިކަން ތަރައްގީކުރުމާއި ގުޅޭ ގޮތުން މާލޭގައި ސިމްޕޯޒިއަމްއެއް ބާއްވާފައެވެ. އެއީ މިދިޔަ އޮގަސްޓު މަހުއެވެ.


ކިޔުންތެރިންގެ ހިޔާލު