ކޮމަންވެލްތު އިސްވެރިންގެ ރިޓްރީޓްގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

2 months ago

އަފްރާހް

ކޮމަންވެލްތު އިސްވެރިންގެ ރިޓްރީޓްގައި ރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ބައިވެރިވެވަޑައިގެންފިއެވެ.


މި ރިޓްރީޓް ބާއްވާފައިވަނީ ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގ (ޗޮގަމް 2024) ގެ ހަވާސާގައެވެ.


ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް ރިޓްރީޓަކީ ކޮމަންވެލްތުގެ މެންބަރު ގައުމުތަކަށް ބޭނުންވާ ބަދަލުތައް ގެނައުމަށްޓަކައި، މާނަހުރި ގޮތެއްގައި އިސްވެރިންނަށް ޝާމިލުވެވަޑައިގެންނެވޭނެ ފުރުސަތު ފަހިކޮށްދޭ ހަރަކާތެކެވެ.


މި ހަރަކާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ދިވެހި ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ނައިބު ރައީސްއެވެ. އެމަނިކުފާނުގެ އަރިހުގައި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ވަޑައިގެންނެވިއެވެ.


ބައިނަލްއަގްވާމީ މައިދާނުގައި އިހްތިރާމު ކުރާ، އަދި އިހްތިރާމު ލިބޭ، ގައުމަކަށް ރާއްޖެ ހެދުމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނުހަނު މުހިންމު ކަމެއް ދެއްވާ ކަމެކެވެ.


ކޮންމެ ދެއަހަރަކުން އެއް އަހަރު އޮންނަ ޗޮގަމްގެ މި އަހަރުގެ ސަމިޓް ކުރިއަށް ދަނީ ސަމޯއާގެ ވެރިރަށް އަޕިއާގައެވެ.


މި ދަތުރުފުޅުގައި ނައިބުގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު