ފައިލޭރިއާގެ އިތުރު ކޭސްތަކެއް، މިފަހަރު ކޫއްޑޫއިން

5 months ago

އަފްރާހް

ފައިލޭރިއާގެ އިތުރު ކޭސްތަކެއް ފެނިއްޖެއެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރުގެ ކޭސްތައް ފެނިފައިވަނީ ގއ. ކޫއްޑޫއިންނެވެ.


މިފްކޯގެ މީޑިއާ އޮފިޝަލު ވިދާޅުވީ މި ކޭސްތައް ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި ފައިލޭރިއާ އަށް ޕޮޒިޓިވްވި ތިން މީހުންގެ ހާލު ވެސް މިހާރު ރަނގަޅު ކަމަށެވެ. އެއީ އިންޑިއާގެ ތިން މީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


އޭނާ އިތުރަށް ވިދާޅުވީ އެމީހުންނަކީ ފައިބެއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ މީހުން ކަމަށެވެ.


މި ކޭސްތައް ފެނުމާއިގުޅިގެން އެރަށުގައި ސްކްރީނިންގ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާކަން ފާހަގަކުރައްވައި އޭނާ ވަނީ ޕޮޒިޓިވްވި މީހުން ފަރުވާދީ ރަނގަޅުވެފައިވާތީ އޮޕަރޭޝަންތައް އާންމު އުސޫލުން ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.


ރާއްޖެއިން މުޅިން ނައްތާލާފައިވާ ފައިލޭރިއާގެ ކޭސްތަކެއް ފުރަތަމަ ފެނުނީ ފައިބެއަހަރުގެ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީންްނެވެ. އެ ރަށުން 25 މީހަކު އެ ބައްޔަށް ޕޮޒިޓިވްވިއިރު އެ ދުވަސްވަރު ޖުމްލަ 32 މީހަކު ވަނީ މާލެ ސަރަހައްދު ހިމެނޭހެން އެ ބައްޔަށް ޕޮޒިޓިވްވެފައެވެ.


އެ ހުރިހައި މީހުންނަކީ ވެސް ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު