މޫސުން ގޯސްވެ، މުޅި ރާއްޖެ ހުދު ސަމާލުގަ

4 months ago

އަފްރާހް

މޫސުން ގޯސްވާނެކަަމަށް ލަފާ ކުރައްވައި، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.


މޫސުމާއިބެހޭ ގައުމީ އިދާރާ އިން މިރޭ 9:30 އާއި ހަމައަށް ނެރުއްވާފައިވާ މޫސުމީ ސަމާލުގައި ވިދާޅުވީ ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.


މީގެއިތުރުން ރާއްޖޭގެ ހުރިހައި ހިސާބަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ރާއްޖޭގެ ކަނޑުތައް ވެސް ގަދަވެފައި، ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރައްވާފައި ވެއެވެ.


ހުދު ސަމާލު:

މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. އެގޮތުން 1 ގަޑިއިރު ތެރޭ 05 މިލިމީޓަރު ނުވަތަ 6 ގަޑިއިރުތެރޭ 05 މިލިމީޓަރު ވާރޭވެހުން އެކަށީގެން ވެއެވެ. ފާއިތުވި 3 ގަޑިއިރު 19-12 މޭލަށް ނުވަތަ ފާއިތުވި 1 ގަޑއިރު 11-17 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭނަމަ މި އެލާޓް ނެރޭނެ އެވެ. ވިލާގަނޑުގައި 50 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ.


ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.

ކިޔުންތެރިންގެ ހިޔާލު