ސްޓެލްކޯގެ ސްލޯގަން - ތަރައްގީގެ ބައިވެރިޔާ، ކުންފުންޏާ ތަރައްގީ ދައްކައިދޭ

1 month ago

އަފްރާހް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބޭނުންކުރާނެ ސްލޯގަންއަކީ "ތަރައްޤީގެ ބައިވެރިޔާ" ކަމަށް ނިންމައި، އެކަން އިއުލާނުކޮށްފިއެވެ.


މި ސްލޯގަން އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.


އެ ކުންފުނީގެ ހިދުމަތަށް މި އަހަރުގެ ޑިސެންބަރު މަހު 75 އަހަރު ފުރޭއިރު، މިއީ އެ ކުންފުނިން ސްލޯގަންއެއް ބޭނުންކުރަން ފެށި ފުރަތަމަ ފަހަރުވެސް މެއެވެ.


1949 ވަނަ އަހަރު ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ފެށިގެން މި ވޭތުވެދިޔަ މުއްދަތުގައި ގައުމީ ތަރައްގީގައި ސްޓެލްކޯއިން ވެފައިވާ ހިއްސާ މި ސްލޯގަންއިން ރަމްޒުކޮށްދެއެވެ.


އެގޮތުން ގައުމީ ތަރައްގީގެ ދުވެލި ހަލުވިވެގެން ދިއުމުގައި ކަރަންޓުގެ ސިނާއަތާއި އެ ސިނާއަތުގައި ހިދުމަތްދޭން އޮތް ކުންފުނީގެ ހައިސިއްޔަތުން ސްޓެލްކޯގެ ދައުރު މި ސްލޯގަންއިން ވަނީ ރަމްޒުކޮށްދީފައެވެ.


މީގެއިތުރުން 1949 ން ފެށިގެން ސްޓެލްކޯއިން (އެކި ނަންނަމުގައި) ދެމުންއައި ކަރަންޓުގެ ހިދުމަތާއި މިހާރު މި ކުންފުނިން ދެމުންދާ ފެނާއި، ނަރުދަމާގެ ހިދުމަތާއިއެކު ގައުމީ ތަރައްގީގައި ކުންފުނީގެ ހިއްސާ އިތުރުވެގެން ގޮސްފައިވާ ވުން ވެސް މި ސްލޯގަންއިން ރަމްޒުކޮށްދެއެވެ.


ކިޔުންތެރިންގެ ހިޔާލު