ބައެއް ސަރަހައްދުން މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ

1 month ago

އަފްރާހް

މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުން މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ހާމަކޮށްފިއެވެ.


އެ ކުންފުނިން ބުނީީ ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް ނެޓުވޯކުގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް މާދަމާ ކުރަން ހަމަޖެހިފައިވާ ކަމަށެވެ.


އެެހެންވެ، މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން 1 ނޮވެމްބަރ 2024 ވާ ހުކުރު ދުވަހުގެ ހެނދުނު 6 ން 7 ޖަހަންދެން ކަރަންޓު ކެނޑިދާނެ ކަމަށް ވަނީ ބުނެފައެވެ.


މި މަސައްކަތުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެކުންފުނިން ވަނީ މައާފަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު