އުރީދޫ އަތޮޅު ދުވުން: ނޮވެމްބަރ މަހުގެ އެއްވަނަ އަށް ހައިބްރިޑް ރޯޑް ބައިކެއް

1 month ago

އަފްރާހް

އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދާ 'އުރީދޫ އަތޮޅު ދުވުމުގެ' ނޮވެމްބަރ މަހުގެ އެއްވަނަ އަށް މޮގޫ ބޯލްޓް 700ސީ ހައިބްރިޑް ރޯޑް ބައިސްކަލެއް ދިނުމަށް ނިންމައިފިއެވެ.


އެ ކުންފުނިން ވިދާޅުވީ މިއީ އެލް މޮބައިލް އިން ހުށަހަޅާފައިވާ އިނާމެއް ކަމަށެވެ. އަދި މި މަހުގެ ޕާޓްނަރގެ ހައިސިއްޔަތުން އެލް މޮބައިލް އިން ހުށައަޅާފައިވާ މި ބައިސްކަލަކީ އަގުހުރި ހަދިޔާއަކަށް ވެގެން ދާނެކަން ޔަގީން ކަމުގައި ވިދާޅުވިއެވެ.


އަތޮޅު ދުވުން މި ގޭމަކީ އުރީދޫ މޯލްޑިވްސްގެ 2024ގެ ކަލަންޑަރާއެކު ތައާރަފު ކުރި ގޭމެކެވެ. މިއީ ރާއްޖޭގައި އުފައްދާފައިވާ ފުރަތަމަ ކެސުއަލް ރަނަރ ގޭމެވެ.


ކޮންމެ މަހަކު ކުޅެގެން ލީޑަރބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް އަގުހުރި އިނާމުތައް ލިބޭއިރު، ނޮވެމްބަރ މަހު މިގޭމުގައި ފެނިގެންދާނީ ޏ. ފުވައްމުލަކެވެ.


މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމއެކަނި އެމަހަކުއެވެ.


ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވާނެއެވެ. މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.


މިއަހަރުގެ ކަލަންޑަރ އަދި ގޭމް ތައްޔާރުކުރައްވާފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓީމުންނެވެ.


ކިޔުންތެރިންގެ ހިޔާލު