ހިލްމީގެ "ލަމްހާ" ގެ ޝޫޓިންގ ފެށުމަށް ތައްޔާރުވެއްޖެ

1 month ago

އަފްރާހް

"މުހައްމަަދު ހިލްމީ ފިލްމްސް" ގެ ފުރަތަމަ ފިލްމުގެ ޝޫޓިންގ ފެށުމަށް ތައްޔާރުވެއްޖެއެވެ.


މިކަން އިއުލާނުކުރުމަށް 'ބައިސްކޯފު' ސްޓޫޑިއޯގައި ބޭއްވި ހާއްސަ އިވެންޓުގައި އެ ފިލްމުގެ މައިގަނޑު ތަރިންނާއި ފިލްމުގެ ނަން ވަނީ ހާމަކޮށްފައެވެ.


އެގޮތުން ފިލްމުގެ ނަމަކަށް 'ލަމްހާ' ކިޔުމަށް ނިންމާފައިވާއިރު، ލީޑުތަރިންގެ ތެރޭގައި ރާއްޖޭގައި މިވަގުތުތިބި އެންމެކުޅަދާނަ ތަރިން ވަނީ ހިމަނަފައެވެ. އޭގެތެރޭގައި އަޙްމަދު އީސަ (އާނަންދު)، ނުޒުހަތު ޝުޢައިބް (ނުޒޫ)، އައިޝާ އަދި އަޙްމަދު ޝާރިފް ހިމެނެއެވެ.


މި ފިލްމުގެ ޓެކްނިކަލް މަސައްކަތްތަކަށް ބަލައިލާއިރު، ކެމެރާކުރާނީ އިންޑިއާގެ ޗެންނާއީގެ ކެމެރާމަނެއް ކަމަށް ‘މުޙައްމަދު ހިލްމީ ފިލްމްސް’ އިން ބުނެއެވެ. މޭކަޕްކުރާނީ ސްރީލަންކާގެ މޭކަޕް އާޓިސްޓެކެވެ.


މީގެއިތުރުން މި ފިލްމުގެ ކެމެރާމަންއަކަށް އިންޑިއާގެ ޗެންނާއީގެ ކެމެރާމަނެއް ހަމަޖައްސާފައިވާއިރު، މޭކަޕްކުރާނީ ސްރީލަންކާގެ މޭކަޕް އާޓިސްޓެއް ކަަމަށް ވެސް އެ ޕްރޮޑަކްޝަނުން މައުލޫމާތު ދެއެވެ.


އިންޑިއާއިން ޑިޕްލޮމާ އިން ފިލްމް ޑައިރެކްޝަން ކޯހަކާއި ފޮޓޯގްރަފީ ކޯސް ފުރިހަމަކޮށްފައިވާ މުޙައްމަދު ހިލްމީ ލިޔެ، ޑައިރެކްޓްކުރާ ފިލްމް ލަމްހާގެ ޝޫޓިންގ ފެށުމަށް ތާވަލުކޮށްފައިވަނީ މިމަހު 10 ވަނަ ދުވަހުއެވެ.


ފިލްމު “ލަމްހާ”ގެ ނަން އާއްމުކުރުމަށް ބައިސްކޯފު ސްޓޫޑިއޯގައި ބޭއްވި މި އިވެންޓުގައި ހިލްމީ ކުރިން ހަދާފައިވާ ފިލްމުތަކުގެ ޕޯސްޓަރުތައް ވެސް ވަނީ އާއްމުކޮށްފައެވެ. އަދި ފިލްމު “ލަމްހާ”ގެ ނަން ޕޯސްޓަރުގައި އެ އިވެންޓުގެ ބައިވެރިން ސޮއިކުރުން ކުރިއަށްގެންދިޔައެވެ.


މި އިވެންޓުގައި ރާއްޖޭގައި ފިލްމީ ދާއިރާގެ މަޝްހޫރު ބައެއް ޑައިރެކްޓަރުންނާ ޕްރޮޑިއުސަރުން އަދި ފިލްމީ ފަންނާނުން ބައިވެރިވިއެވެ.


ލަމްހާ އަކީ 'މުޙައްމަދު ހިލްމީ ފިލްމްސް' ގެ ފުރަތަމަ ފީޗަރ ފިލްމަށްވީނަމަވެސް ހިލްމީ ވަނީ މީގެކުރީންވެސް ދިވެހީންގެ ތެރެއަށް މަގްބޫލު އުފެއްދުންތަކެއް ގެނެސްދީފައެވެ.

އޭގެތެރޭގައި ޗުއްޓީ، ހާލި އަދި އިހުސާސް ހިމެނެއެވެ. އަދި ރާއްޖެެއިން ބޭރުގެ ފިލްމު ފެސްޓިވަލެއްގައި ބައިވެރިކުރަން ތައްޔާރުކުރި ކުރު ފިލްމު “އަޑު އިވުމުން” ވެސް ހިމެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު