ހޯޕް އައިލެންޑް ގެ މަސައްކަތް ފަށައިފި

5 months ago

އަފްރާހް

ހޯޕް އައިލެންޑް ގެ މަސައްކަތް ފަށައިފިއެވެ.


ހޯމް މިނިސްޓްރީން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވީ މިހާރު ކުރަމުންދަނީ އެތަނުގެ ޕްލޭނިންގ ގެ މަސައްކަތް ކަމަށެވެ.


އެމަނިކުފާނު ވަނީ މި ރަށުގައި ތިބޭ ކުޑަކުދިންނަށް އަސާސީ ތަޢުލީމާއި ދީނީ ތަރުބިއްޔަތު ދެވޭނެ ކަމަށާއި ސައިކޯ ސޯޝަލް އިންޓަރވެންޝަން ޕްރޮގުރާމު ނުވަތަ ތެރަޕީ ދިނުމުގެ ޕްރޮގުރާމުތައް ވެސް ދޭނެކަމަށް ވިދާޅުވެފައެވެ. އަދި ކޮންޓެކްޓް ސްޕޯޓްސް ޕްރޮގުރާމުތައް ވެސް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން ހޯޕް އައިލެންޑްގައި އުޅޭ ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެ ކަމަށާއި އެއަށްފަހު ދިވެހި ފުލުހުންގެ ހިދުމަތުން ނުވަތަ ދިވެހި ސިފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ޚިދުމަތް ކުރަންޖެހޭނެކަމަށް ވިދާޅުވިއެވެ.


އެއަށްފަހު އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުސަތު ދިނުމަށް ނިންމާފައިކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު