މުބާލް ރެކޯޑު މުގުރައިލާ 100 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑު އާން، އައުކޮށްފި

1 month ago

އަފްރާހް

ފިރިހެނުންގެ ޝޯރޓްކޯސް 100 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުޙައްމަދު އާން ޙުސައިން އައުކޮށްފިއެވެ.


އޭނާ މި ރެކޯޑު އައުކުރީ ހަންގޭރީގައި މިހާރު ކުރިއަށްދާ އެގައުމުގެ 20 ވަނަ ނެޝަނަލް ޝޯޓްޓްރެކް ޗެމްޕިއަންޝިޕްގައެވެ. އާން މި އިވެންޓު ނިންމާފައިވަނީ 01:04.19 އިންނެވެ.


މި އިވެންޓުގެ ގައުމީ ރެކޯޑް މީގެކުރިން އޮތީ މުބާލް ޢައްޒާމް އިބްރާޙީމް އަތުގައެވެ. އެއީ މިއަހަރު ބޭއްވި އަންކުލައުޑް ވިކްޓޯރިއަން އޯޕަން ޝޯރޓްކޯސް ޗެމްޕިއަންޝިޕްސް 2024 ގައި 01:04.51 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


ކިޔުންތެރިންގެ ހިޔާލު