މަސްބޭރުކުރި އަދަދު އިތުރުވެއްޖެ

1 month ago

އަފްރާހް

ފައިބެއަހަރު ރާއްޖެއިން މަސްބޭރުކުރި އަދަދު އިތުރުވެފައިވާކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.


މިފްކޯގެ ތަފާސްހިސާބުން ދައްކާގޮތުގައި ފައިބެއަހަރު، 2022 ވަނަ އަހަރާއި އަޅާބަލާއިރު އެކުންފުނީގެ ވިޔަފާރި ވަނީ ރަނގަޅުވެފައެވެ.


އެގޮތުން ގަނޑުކުރި ކަންނެލީގެ ގޮތުގައި 2023 ވަނަ އަހަރު 62،352 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވާއިރު، މިއީ 1.7 ބިލިޔަން ރުފިޔާއެވެ. 2022 ވަނަ އަހަރު ގަނޑުކުރި ކަންނެލީގެ ގޮތުގައި އެކްސްޕޯޓްކޮށްފައިވަނީ 55،989 މެޓްރިކް ޓަނެވެ. އެއީ 1.4 ބިލިޔަން ރުފިޔާއެވެ.


މިއީ އައު މާކެޓުތައް ލިބުމުގެ ސަބަބުން ކަމަށް މިފްކޯ އިން ހާމަކުރައްވައެވެ.


2022 ވަނަ އަހަރު ދަޅުގައި އަދި ޕައުޗްގައި ބަންދުކޮށްގެން 174،295 ކޭސް ރާއްޖެއިން ބޭރުކޮށްފައިވާއިރު، މިއީ އާމްދަނީގެ ގޮތުން ބަލާނަމަ 143 މިލިޔަން ރުފިޔާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުން ވަނީ ދައްކާފައެވެ.


މީގެއިތުރުން ފިޝްމީލްގެ ގޮތުގައި އެކްސްޕޯޓްކޮށްފައިވާ އަދަދު ވެސް މިދިޔަ އަހަރު ވަނީ އިތުރުވެފައެވެ. އެގޮތުން 2023 ވަނަ އަހަރު 28 މިލިޔަން ރުފިޔާގެ ފިޝްމީލް ވަނީ ރާއްޖެއިން ބޭރަށް އެކްސްޕޯޓްކޮށްފައެވެ. 2022 ވަނަ އަހަރު މި އަދަދު ހުރީ 27 މިލިޔަން ރުފިޔާގައެވެ. 


ކިޔުންތެރިންގެ ހިޔާލު