އޮލިމްޕިއަންސްގެ ޝޯވތަކެއް މި މަހު - ޓިކެޓް މިހާރު ލިބޭނެ

1 month ago

އަފްރާހް

އޮލިމްޕިއަންސްގެ ޝޯވތަކެއް ބޭއްވުމަށް ނިންމައިފިއެވެ.


ޔޫތް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މި ޝޯވތައް ބޭއްވުމަށް ނިންމާފައިވަނީ މި ނޮވެމްބަރ މަހުގެ 17 ން 19 ގެ ނިޔަލަށް އޮލިމްޕަަސް ސިނަމާގައެވެ.


ލަވަކިޔުންތެރިންގެ ހުނަރުތައް ދައްކާލުމަށް "އޮލިންޕިއަންސް ވިތު ޔޫތު" ގެ ނަމުގައި ބާއްވާ މި ޝޯވތަކުގެ ޓިކެޓުު މިހާރުވަނީ ވިއްކަން ފަށާފައެވެ. އަދި މި ޝޯވގައި ލަވަކިޔުމަށް ހަމަޖެހިފައިވަނީ އިހުގެ ލަވަކިޔުންތެރިންނާއި މިހާރުގެ ލަވަ ކިޔުންތެރިންނެވެ.


މިއީ ކުރީގެ ލަވަކިޔުންތެރިންނާއި މިހާރުގެ ލަވަކިޔުންތެރިން އެއް ޕްލެޓްޕޯމެއްގައި އާންމުންނަށް ހުށަހެޅުންތަކެއް ދައްކުވައި ދިނުމުގެ މަގްސަދުގައި ބާއްވާ ޝޯވއެކެވެ. އަދި މިހާރުގެ ލަވަކިޔުންތެރިންގެ ހުނަރުތައް އިތުރަށް ތަރައްގީވެގެން ދިއުމަކީ ވެސް މަގްސަދެކެވެ.


ޒަމާނުންސުރެ ވަރަށް ފޯރިއާއެކު ކުރިއަށްގެންދިޔަ މި ޝޯވ އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރުއެވެ.


އަހަރު ތަކަކަށްފަހު، މި ޝޯވ ބާއްވަން ނިންމާފައިވާއިރު، ޓިކެޓު ނެގުމަށް ގުޅަން ޖެހެނީ 7906246 ނަމްބަރު ފޯނަށެވެ.


ކިޔުންތެރިންގެ ހިޔާލު