ސެކްޓޯރަލް ސިމްޕޯޒިއަމް ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް

1 month ago

އަފްރާހް

"ސެކްޓޯރަލް ސިމްޕޯޒިއަމް" ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.


މިއީ ހަފްތާ 52 ގެ ކާމިޔާބީތަކާއި ގުޅިގެން އިޖުތިމާއީ އަދި ތަރައްގީ އާބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، އެ ވުޒާރާއާ ގުޅުންހުރި ދާއިރާތަކާއެކު މަސައްކަތްކުރައްވާ އަމިއްލަ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ބޭއްވި މަސައްކަތު ބައްދަލުވުމެކެވެ.


މި ބައްދަލުވުމުގެ ގެ މަގްސަދަކީ ފާއިތުވި އަހަރުގެ ތެރޭގައި އެ ވުޒާރާއިން އެކިއެކި ޖަމްޢިއްޔާތަކާ ގުޅިގެން އަންހެނުންނާއި، ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މަޝްވަރާ ކުރުމެވެ. އަދި އިސްރަށްވެހިންނަށް އަމާޒުކޮށްކޮށްގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކާއި އެ މަސައްކަތްތަކުން ހާސިލުވި ނަތީޖާ ހިއްސާކޮށް، އަމިއްލަ ޖަމްޢިއްޔާތަކާ ގުޅިގެން މިވުޒާރާއިން 2025 ވަނަ އަހަރު ކުރިއަށްގެންދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ވޯކްޕްލޭނެއް ތައްޔާރުކުރުމެވެ.


މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ 13 ނޮވެންބަރު ގައި އިސްރަށްވެހިންގެ ނާދީގައެވެ.


ކިޔުންތެރިންގެ ހިޔާލު