ޚަބަރު

މައިމީހާގެ ގައިން ދަރިފުޅަށް އަރާ ބަލިތަކާއި ގުޅޭ ބައްދަލުވުމެއް

މައިމީހާގެ ގައިން ދަރިފުޅަށް އަރާ އެޗްއައިވީ ،ސިފިލިސް އަދި ހެޕަޓައިޓިސް ބީ ޓްރިޕްލް އެލިމިނޭޝަން އާއި ގުޅިގެން ނެޝަނަލް ވެލިޑޭޝަން ކޮމެޓީގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

 

މިވެލިޑޭޝަން ބައްދަލުވުމުގައި މިއަދު ބައިވެރިވެފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ، ސޮސައިޓީ ފޯ ހެލްތު އެޑިޔުކޭޝަން (ޝީ) މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އެވެ.

 

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ޓްރިޕްލް އެލިމިނޭޝަން އަށް ރާއްޖެ ދިއުމަށް ބޭނުންވާ ރިޕޯޓް ރީޖަނަލް ވެލިޑޭޝަން ކޮމެޓީއަށް ހުށަހެޅުމަށެވެ. އަދި ރީޖަނަލް ވެރިފިކޭޝަން ކޮމެޓީން މި ރިޕޯޓް ވެރިފައި ކުރުމަށްފަހު ގްލޯބަލް ވެރިފިކޭޝަން ކޮމެޓީއަށް މިރިޕޯޓް ހުށަހެޅުމަށެވެ.

 

މި ރިޕޯޓްގައި ހިމެނެނީ މައިމީހާގެ ގައިން ދަރިފުޅަށް އަރާ އެޗްއައިވީ ،ސިފިލިސް އަދި ހެޕަޓައިޓިސް ބީގެ ބަލިތައް ނައްތާލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ކަނޑައަޅާފައިވާ ކްރައިޓީރިއާ އެއްގޮތަށް މި ބަލިތައް ރިޕޯޓް ކުރުމާއި، ކޮންޓްރޯލް ކުރުމާ، ފަރުވާ ދިނުމުގައި އަމަލު ކުރާ އުސޫލުތައް ހަރުދަނާ ކުރުމެވެ.

 


  • ހެލްތު މިނިސްޓްރީ
  • ކޮމެންޓް