ޚަބަރު

އެއަރ އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

އެއަރ އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް އެއަރ އެމްބިއުލާންސްގެ ކަންކަން މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހީމް ބައްލަވާލައްވައިފިއެވެ.

 

އެމަނިކުފާނު ވަނީ ގައުމީ އެއަރ އެމްބިއުލާންސްގެ ހިދުމަތް ފެށުމުގެ ފުރަތަމަ އަހަރީ ދުވަހާއި ގުޅުވައިގެން އެއަރ އެމްބިއުލާންސް ސައިޓަށް ވަޑައިގެން އެއަރ އެމްބިއުލާންގެ މަސައްކަތް ބައްލަވާލައްވާފައެވެ. މިނިސްޓަރ އާއި އެކު ޓްރާންސްޕޮޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީން ވެސް ބައިވެރިވަޑައިގެންނެވިއެވެ.

 

މިނިސްޓަރ ވަނީ އިމަޖެންސީ މެޑިކަލް ހިދުމަތްތައް ފުޅާކުރުމާއި ކުއްލި ހާލަތުގައި ފަރުވާ ދިނުމުގެ ދަތުރުތައް އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

 

އެއަރ އެމްބިއުލާންސް ސައިޓަށް މިނިސްޓަރ ނާޒިމް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރ އޮފް ޓްރާންސްޕޮޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީން، އައިލޭންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް، އުރީދޫގެ އިސްވެރިން އަދި ހެލްތު މިނިސްޓްރީގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ. 

 


  • ހެލްތު މިނިސްޓްރީ
  • ކޮމެންޓް