ޚަބަރު

ހަތަރު ރަށެއްގެ ކުނި މެނޭޖުކުރުމަށް ސަނީލޭންޑާ ހަވާލުކޮށްފި

ފޮޓޯ: މިނިސްޓްރީ

ހަތަރު ރަށެއްގެ ކުނި މެނޭޖުކުރުމަށް ސަނީލޭންޑް އިންވެސްޓްމެންޓާ ހަވާލުކޮށްފިއެވެ.

 

އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ އއ. ހިމަންދޫ، ފެރިދޫ، ތޮއްޑޫ އަދި ކ. ކާށިދޫ އެވެ. މިއީ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ޒޯން 3 ގެ ރަށްތަކުގެ ތެރޭގައި ހިމެނޭ 4 ރަށެވެ.

 

މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރްމެންޓް އެންޑް ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެރަށަކަށް އެކަށޭނެ ކުނި މެނޭޖްކުރާނެ ނިޒާމެއް ގާއިމްކޮށްދިނުންކަމަށެވެ. އެގޮތުން މިހާރު ކުރަމުން މިދަނީ އެ މަސައްކަތްކަމަށާއިއަދިވެސް އިތުރު ރަށްތަކުގައި ކުނި މެނޭޖްކުރާ މަރުކަޒުތައް އެޅުމަށް ހަވާލުކުރައްވާނެކަމަށް ވިދާޅުވިއެވެ.

 

މިނިސްތަރު ވިދާޅުވީ ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތައް ރަށްރަށަށް ފޯރުކޮށްދިނުމުގެ މަސައްކަތް ލަސްނުކޮށް ކުރައްވާނެކަމަށާއި މިހާރުވެސް ބައެއް ރަށްރަށަށް އާލަތްތައް ފޯރުކޮށްދީފައިވާނެކަމަށް ވިދާޅުވިއެވެ.

 

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ގާއިމްކުރުންކަން ފާހަގަކުރައްވާ މިނިސްޓަރު ތޯފިގް ވިދާޅު ވީ ކުންފުނިތަކުން ލަސްނުކޮށް ސައިޓް ހަވާލުކުރުމުން މަސައްކަތް ފަށާނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

 

ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި، އެހެނިހެން ބޭރުގެ އެހީދޭ ފަރާތްތަކުގެ ހިލޭ އެހީއާއި ލޯނުއެހީ ހިމެނޭ ގޮތަށް އެންވަޔަރްމެންޓް މިނިސްޓްރީން ހިންގާ މަޝްރޫއެކެވެ.

 

މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ޒޯން 3 ގައި ހިމެނޭ ކ. އއ. އދ. އަދި ވ. އަތޮޅު ގެ ރަށްތަކުގައި ދެމެހެއްޓެނިވި އަދި ވަށާޖެހޭ އުސޫލަކުން ކުންޏާއި ވަސީލަތްތައް މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުކުރުމެވެ.

 


  • އެންވަޔަރްމެންޓް މިނިސްޓްރީ
  • ކޮމެންޓް