ޚަބަރު

ފަސް މިލިއަން ގަސް މަޝްރޫއާ ގުޅިގެން މިފްކޯ އާއެކު މަޝްވަރާކޮށްފި

ފަސްމިލިއަން ގަސް" ޕްރޮޖެކްޓްގެ ދަށުން ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން އެންވަޔަރްމެންޓް އެންޑް ޓޫރިޒަމް މިނިސްޓްރީން މިފްކޯ އާއެކު މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ.


ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބޭއްވި މި ބައްދަލުވުމުގައި އެ މިނިސްޓްރީގެ އިސްވެރިނާއި މިފްކޯގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.


ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފއިވަނީ ފަސްމިލިއަން ގަސް މަޝްރޫއުގެ މިހާރުގެ ހާލަތާއި، ކުރިއަށް އޮތް ތަނުގައި މި މަޝްރޫއު ހަލުވިކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންނެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓަށް ކުރާނެ ފައިދާތަކާ ބެހޭގޮތުންނެވެ.


އެންވަޔަރްމެންޓް މިނިސްޓްރީން ވިދާޅުވީ މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، މި މަޝްރޫއު ކާމިޔާބުކުރުމަށް ސަރުކާރުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

 އަދި މި މަޝްރޫއުގައި މިހާތަނަށް ގާތްގަނޑަކަށް ދެ މިލިއަން ގަސް އިންދިފައިވާ ކަމަށާއި، ކުރިއަށް އޮތް އަހަރު ތެރޭގައި އިތުރު ދެ މިލިއަން ގަސް އިންދުމަށް ރޭވިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.


މި ބައްދަލުވުމުގައި އަތޮޅުތަކުގައި ގަސް އިންދުމުގެ ހަރަކާތްތައް ހަރުދަނާކުރުމާއި ރަށު ކައުންސިލްތަކާއި އަމިއްލަ ޖަމްއިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.

 

 


  • އެންވަޔަރްމެންޓް މިނިސްޓްރީ
  • ކޮމެންޓް